logo
E-Platinum
ވިޔަފާރި

ފޭދޫ ފިނޮޅުގައި ތަރައްޤީކުރި ރިސޯޓް ހުޅުވައިފި

އަޙްމަދު ޒަލީފް
29 ޖުލައި 2025 - 11:00
ފޭދޫ ފިނޮޅުގައި ތަރައްޤީކުރި ރިސޯޓް ހުޅުވައިފި

ފޭދޫ ފިނޮޅުގައި ތަރައްޤީ ކުރި، ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ހުޅުވައިފިއެވެ.

މިއީ ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސް އިން އެ ގްރޫޕްގެ ފުރަތަމަ އޯލް-އިންކްލޫސިވް ލައިފްސްޓައިލް ރިސޯޓެވެ.

ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ތައިލެންޑްގެ ހޮޓާ އަދި ޕްރޮޕަޓީ ޑިވެލޮޕްމަންޓް ކުންފުންޏެއް ކަމުގައިވާ ޑުސިޓް އިންޓަނޭޝަނަލްގެ ރިސޯޓެކެވެ. ރިސޯޓްގައި ހުންނާނެ ވަސީލަތްތަކުގައި އިންޑޯ-އައުޓްޑޯ ލިވިންގ ސްޕޭސްތަކާއި، ޕްރައިވެޓް ޑެކްތަކާއި، ޕްލަންޖް ޕޫލްތައް ހިމެނެއެވެ. އޭގެ އިތުރުން ބީޗްފްރަންޓް ރިޓްރީޓްތަކާއި އޯވަރވޯޓަރ ސެންކްޗުއަރީތައް ހިމެނެއެވެ. އަދި ނަމް ސްޕާއެއް ހުންނާނެއެވެ. ނަމް ސްޕާގައި 10 ޓްރީޓްމަންޓް ރޫމާއި، ސައުނާއެއް، ސްޓީމްރޫމެއް އަދި ހޮޓް ޓަބެއް ހިމެނެއެވެ.

4,500 އަކަމީޓަރުގެ މި އައު އޯލް-އިންކްލޫސިވް ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލޯންޗެއްގައި ހަތް މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ރިސޯޓެކެވެ. ހަތަރު ވަނަ ކުއާޓަރގައި ރަސްމީކޮށް އިފްތިތާހުކުރާ، 127 ވިލާގެ ޑުސިޓްޑީ2 ފޭދޫ އަކީ 2012 ގައި ހުޅުވި ޑުސިޓް ތާނީ މޯލްޑިވްސްގެ ފަހުން، ރާއްޖޭގައި ހުޅުވާ ދެވަނަ ޑުސިޓް ބްރޭންޑްގެ ރިސޯޓެވެ.

 އޯލް-އިންކްލޫސިވް މޮޑެލްގެ ބައެއްގެ ގޮތުން، ނަމް ސްޕާއިން 30 މިނިޓްގެ ހިލޭ މަސާޖެއް ފޯރުކޮށްދެއެވެ. ސްޕާގައި ސިގްނެޗަރ ފަރުވާތަކާއި، ތެރަޕިއުޓިކް މަސާޖްތަކާއި، ޒައުޖީ އަދި ޢާއިލީ މަސާޖް އޮޕްޝަންތައްވެސް ހިމެނެއެވެ. މީގެއިތުރުން ކަޔަކިންގ، ޕެޑްލްބޯޑިންގ އަދި ސްނޯކެލިންގ ކުރުމަށް އިކުއިޕްމަންޓް ބޭނުންކުރެވޭ ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ހުރެއެވެ. ރިސޯޓުގައި އިންފިނިޓީ ޕޫލަކާއި ކުޑަކުދިންގެ ޕޫލެއް ހުރެއެވެ. އަދި ޓީންއޭޖަރުންގެ ރޫމަކާއި ކިޑްސް ކްލަބެއްވެސް ހުރެއެވެ.

ރިސޯޓުގައި ފަސް ރެސްޓޯރަންޓަކާއި، ރޫފްޓޮޕް ބާއެއް ހުރެއެވެ. މީގެއިތުރުން މެހުމާނުންނަށް އެމީހުންގެ ރޫމްގެ ޕޫލްގައި ފްލޯޓިންގ ބްރެކްފާސްޓް ލިބެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭދޫ ފިނޮޅުގައި ތަރައްޤީކުރި ރިސޯޓް ހުޅުވައިފި ވިޔަފާރި | 6 ދުވަސް ކުރިން