logo
ޚަބަރު

ޙަލާލު ފަތުރުވެރިކަމަށް ތަހުޙީބު ބޮޑު، އިންވެސްޓަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭނެ

އަޙްމަދު ޒަލީފް
29 ޖުލައި 2025 - 11:31
ޙަލާލު ފަތުރުވެރިކަމަށް ތަހުޙީބު ބޮޑު، އިންވެސްޓަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭނެ

ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތައާރަފްކުރުމަށް ނިންމަވައި ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި އެ 5 ސަރަހައްދުން ކޮންމެ ސަރަހައްދަކުން 1 ރަށް ސަރުކާރުން މިހާރު ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފައެވެ.

ހަލާލް ފަތުރުވެރިކަމަށް ރަށްތައް ދޫކުރަނީ ވަރަށް ގިނަ ލުއިތަކާއެކުއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޮސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެކަމަށެވެ. އަދި ހަލާލް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށެވެ. ނަމަވެސް މިހާރު ހުރި ރިސޯޓްތަކުގެ ޑިއުޓީ މައާފްކުރެވެނީ %5 އާއި ހަމައަށެވެ. މިއީވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެގެންދާނެކަމެކެވެ.

ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަލާލް ފަތުރުވެރިކަމަށް ސަރުކާރުން ކަނޑައެޅުއްވި ރަށްތަކަށް އިންވެސްޓްކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ހަލާލް ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތައް

* ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު
* ހދ. މަކުނުދޫ ފަރު
* ށ.ފުށިފަރު
* ތ. މާގުޅި
* ލ.ފޮނަގާދޫ

ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ސަރުކާރުން ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްޤީކުރާނީ ފަތުރުވެރިންނަށް ތަފާތު ގިނަ ޚިދުމަތްތައް ލިބޭނެގޮތައް ކަމަށެވެ. އެގޮތުން މި ރަށްތައް ތަރައްޤީވެގެން އަންނައިރު މިތަންތަނުގައި ފަތުރުވެރިންނަށް ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެއެވެ. އެ ރަށްރަށައް ބަނގުރަލާއި، އޫރުމަސް އެތެރެކުރުން މަނާވާނެއެވެ. އަދި މިތަންތަނުން ތައްޔާރުކުރާ ކެއުންތަކުގައިވެސް އެއްވެސް ވަރަކަށް މިފަދަ ބާވަތްތައް އެކުލެވިފައި ނުހުންނާނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަލާލު ފަތުރުވެރިކަމަށް ތަހުޙީބު ބޮޑު، އިންވެސްޓަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭނެ ޚަބަރު | މަހެއް ކުރިންކެލާ ފަޅުގައި ރިސޯޓު ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލުކޮށްފިޚަބަރު | 2 މަސް ކުރިންހަލާލު ޓުއަރިޒަމްގެ ތެރެއިން ރާއްޖެއަށް ބޮޑު ނަފާވެރިކަމެއް ހޯދޭނެ - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން