logoEN
ޚަބަރު

ހަލާލު ޓުއަރިޒަމްގެ ތެރެއިން ރާއްޖެއަށް ބޮޑު ނަފާވެރިކަމެއް ހޯދޭނެ - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

02 ޖުލައި 2025 - 12:27

ހަލާލު ޓުއަރިޒަމްގެ ތެރެއިން ރާއްޖެއަށް ބޮޑު ނަފާވެރިކަމެއް ހޯދޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުން މިދިޔަ އަހަރު ހަލާލު ޓޫރިޒަމުން ގާތްގަނޑަކަށް 274 ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށާއި، އަދި މިއަދަދު މިއަހަރު އެއަށްވުރެވެސް ބޮޑަށް އިތުރުވާނެކަމަށެވެ.

ރާއްޖެއަކީ %100 މުސްލިމް ޤައުމަކަށް ވާއިރު ހަލާލު ޓޫރިޒަމްގެ ތެރެއަށް ރާއްޖެއިން ވަނުމަކީ މިކަމުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދިވެހިންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި މިގޮތަށް އައު ސެކްޓަރ ތަކަށް ވަދެގެން ވަރަށް ކާމިޔާބު ހޯދާފައި ތިބި ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރާނެ ރަށްތައްވެސް މިހާރު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

"އަޅުގަނޑުމެން ޓުއަރިޒަމް ދާއިރާގައި ކުރާ ކޮންމެ ކަމެއް އެންމެ މަތީ ފަންތީގައި ކުރެވިގެންދާކަން އޮތީ ދައްކަދީފައި. އިރާދަކުރެއްވިއްޔާ މިކަންތައްވެސް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހައިކަމެއް ޓުއަރިޒަމް ސެކްޓަރގެ އިންވެސްޓަރުންނަށް ދޭންޖެހޭ ހުރިހައި ކަމެއް ކޮށްގެން މި ޕްރޮޑަކްޓްވެސް ރަނގަޅު ހިސާބަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން." ވަޒީރު ވިދާޅުވިއެވެ.

ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.

ކޮމެންޓް

871x217_placeholder