logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުލައި މަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން

ޖުލައި މަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ  ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިހާތަނަށް 1،288،568 (އެއް މިލިއަން ދެ ލައްކަ އައްޑިހަ އައްހާސް ފައްސަތޭކަ ފަސްދޮޅަސް އަށް) ފަތުރުވެރިން ރާއްޖެއަށް އަޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 9.5 އިންސައްތައިގެ އިތުރު ވުމެކެވެ. މިިދިޔަ އަހަރު މިހާތަނަށް އައިސްފައިވަނީ 1،176،974 (އެއް މިލިއަން އެއް ލައްކަ ހަތްދިހަ ހަ ހާސް ނުވަސަތޭކަ ހަތްދިހަ ހަތަރު) ފަތުރުވެރިންނެވެ. އެގޮތުން މިހާތަނަށް ދުވާލެއްގެ މައްޗަށް 6،015 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަހުގެ މިހާ ހިސާބަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ ފަތުރުވެރިން، އެއީ 188،317 (އެއް ލައްކަ އައްޑިހަ އަށްހާސް ތިން ސަތޭކަ ސަތާރަ) ފަތުރުވެރިންނެވެ. އެއަށް ފަހު ރަޝިއާއިން 152،385 ފަތުރުވެރިން، ޔޫކޭ އިން 120،937 (އެއް ލައްކަ ވިހި ހާސް ނުވަ ސަތޭކަ ތިރީސް ހަތް) ފަތުރުވެރިން، އިޓަލީއިން 93،024 ފަތުރުވެރިން، ޖަރުމަނުން 91،364 ފަތުރުވެރިން، އިންޑިއާއިން 75،376 ފަތުރުވެރިން، އެމެރިކާއިން 39،546 ފަތުރުވެރިން، ފްރާންސްއިން 37،496 ފަތުރުވެރިން، ސްޕައިން 25،555 ފަތުރުވެރިން އަދި ސްވިޒްއަލޭންޑްއިން 25،404 ފަތުުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 942،096 (ނުވަލައްކަ ސާޅީށް ދެ ހާސް ނުވަދިހަ ހަ) ފަތުރުވެރިން ނުވަތަ 73.1 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 284،037 ފަތުރުވެރިން ނުވަތަ 22 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 34،568 ފަތުރުވެރިން ނުވަތަ 2.7 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮއްފަވާއިރު ޓޫރިސްޓް އުޅަނދުތަކުގައި 26،970 ފަތުރުވެރިން ނުވަތަ 2.1 އިންސައްތަ ފަތުރުވެރިންވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 183 ރިސޯޓާއި 886 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން ޚަބަރު | 10 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް ވުރެ މަތީގައިޚަބަރު | 24 ދުވަސް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | މަހެއް ކުރިންމި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | 2 މަސް ކުރިން