logo
ޚަބަރު

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެއް ވަނައިގައި ޗައިނާ

އާމިނަތު ޝަފާ
12 ސެޕްޓެމްބަރު 2025 - 06:16
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ރާއްޖެ ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 2 ލައްކައިން މައްޗަށް އަރައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއް ވަނައިގައި ޗައިނާ ހިމެނިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،529،806 (އެއް މިލިއަން ފަސް ލައްކަ އޮންތިރީސް ހާސް އައްސަތޭކަ ހަޔަކަށް) ވަނީ އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ 1 އިން 9 އަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 42،880 އަށް އަރާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 35،668 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން 242،140 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ދެވަނައިގައި އޮތް ރަޝިޔާއިންވަނީ 183،669 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 137،267 ފަތުރުވެރިން، އަދި ހަތަރުވަނައިގައި އޮތް އިޓަލީން 108،351 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 911 ގެސްޓުހައުސްގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށްޚަބަރު | 38 މިނިޓު ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެއް ވަނައިގައި ޗައިނާޚަބަރު | 4 ދުވަސް ކުރިންޖުލައި މަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި ޚަބަރު | 2 މަސް ކުރިންދުނިޔޭގެ ކަލިނަރީ އެވޯޑްގެ 3 ދާއިރާއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެޚަބަރު | 2 މަސް ކުރިން