logo
ޚަބަރު

ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް

އާމިނަތު ޝަފާ
16 ސެޕްޓެމްބަރު 2025 - 05:58
ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 246,834 އަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 246,834 އަށް އަރާފައިވާއިރު މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 15.8 އިންސައްތައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ލިސްޓުގެ ދެ ވަނައި އޮތް ރަޝިޔާއިން 187,731 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު ތިންވަނައިގައި އޮތް އިނގިރޭސި ވިލާތުން މިހާތަނަށް 139,789 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.

މި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،476 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6,041 ފަތުރުވެރިން ޒިޔާރަތްކުރާއިރު ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން ޖުމްލަ 1,265 ތަނަކަށް ހުއްދަ ދީފައިވާއިރު މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 64,555 އެވެ. ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 911 ގެސްޓުހައުސްގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށްޚަބަރު | 5 ގަޑިއިރު ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެއް ވަނައިގައި ޗައިނާޚަބަރު | 4 ދުވަސް ކުރިންޖުލައި މަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި ޚަބަރު | 2 މަސް ކުރިންދުނިޔޭގެ ކަލިނަރީ އެވޯޑްގެ 3 ދާއިރާއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެޚަބަރު | 2 މަސް ކުރިން