logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

އައިމިނަތު މޫސާ
16 ސެޕްޓެމްބަރު 2025 - 11:58
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނެގުމުގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިގު އިބްރާހީމް އާއި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރާއި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކަވާފައިވަނީ ޓެކްސް ނެގުން ހަރުދަނާކުރުމާއި ގުޅޭގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ޓެކްސް ކޮމްޕްލައިންސް ހަރުދަނާކުރުމާއި، އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން އިތުރުކުރުމާއި، ގައުމީ އިގްތިސާދީ އިސްކަންދޭ ކަންކަމާ އެއްގޮތަށް ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުން ރަނގަޅު ކުރުމަށް ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގެ ތެރެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ޓެކްސް ނެގުމުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހަކީ ދައުލަތައް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއަކަށްވާއިރު ޓެކްސް ނެގުން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މީރާއާއި ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

އޮގަސްޓު މަހު މީރާއިން 2.12 ބިލިޔަން ރުފިޔާގެ އާމްދަނިއެއް ވަނީ ލިބިފައެވެ. މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %6.9 އިތުރުވެފައެވެ. މީރާއަށް ބަލައިގަންނަ އާމްދަނީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 9 ދުވަސް ކުރިންމި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | މަހެއް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | 2 މަސް ކުރިން