logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވޭ!

އައިޝަތު ނަޝާ
4 ޖޫން 2026 - 06:05
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވޭ!

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ކަމުގައިވާ 992,225 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާގެ ތަފާސް ހިސާބުތަށް ދައްކާގޮތުން،އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

ޗައިނާ: 144,931 ފަތުރުވެރިން
ރަޝިއާ: 126,712 ފަތުރުވެރިން
އިނގިރޭސިވިލާތް: 80,580 ފަތުރުވެރިން

މެދުއިރުމަތީގެ ހަނގުރާމައާގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މިހާރު އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ނިމުނު މޭ މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 6 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 2 ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 22,659 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,284 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،000 އިން މައްޗަށް އަރައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވޭ!ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށްޚަބަރު | 5 ދުވަސް ކުރިންފަތުރުވެރިކަން ދަށަށްދާ ފަރަގު ކުޑަކުރެވިއްޖެ: ވަޒީރު އަމީންޚަބަރު | 16 ދުވަސް ކުރިންދުވާލެއްގެ މައްޗަށް 6597 ފަތުރުވެރިން ރާއްޖެ އާދޭ!ޚަބަރު | މަހެއް ކުރިން