logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރައްގީ ނުކުރެވި ހުރި ރިސޯޓްތަކުގެ މަސައްކަތް ފެށުމަށް އެއް އަހަރުގެ މުއްދަތެއް ދެނީ

އަޙުމަދު ރިޝާން
12 ސެޕްޓެމްބަރު 2026 - 12:14
ރާއްޖޭގެ ޓޫރިސްޓް ދެ ކުޑަކުދިން ޗުއްޓީގައި، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ޓޫރިސްޓް ދެ ކުޑަކުދިން ޗުއްޓީގައި، ފޮޓޯ: ވިޒިޓް މޯލްޑިވްސް

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް އެކުލަވާލައި ގެޒެޓު ކޮށްފި އެވެ.

މިއާއެކު 2022 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ކުރީގެ ގަވާއިދު ވަނީ އުވިގެން ގޮސްފަ އެވެ. މި އާ ގަވާއިދުގެ ދަށުން ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަސް ދުވަހެވެ. އަދި ފަޅެއްގެ މުއްދަތު އެންމެ ދިގުވެގެން 24 މަހަށް އިތުރުކުރެވޭއިރު، އެންމެ ކުރު މުއްދަތަކީ 1 މަސް ދުވަހެވެ. މުއްދަތު އިތުރުކުރާނަމަ 1 ލައްކަ ޑޮލަރުގެ ފީއެއް ދައްކަންޖެހޭއިރު، 'ކޮންޑިޝަނަލް އެޕްރޫވަލް' ދޭ ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކާއެކު 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންޖެހެއެވެ. ފައިސާ ނުދައްކައިފިނަމަ ހުއްދަ ބާތިލުކޮށް ފިޔަވަޅު އެޅުމުގެ ބާރު ވުޒާރާއަށް ލިބިގެންވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ ތަންތަން އަވަހަށް އޮޕަރޭޓްކުރަން ފެށުމުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، ގްރީން ޓެކުހާއި ޓީޖީއެސްޓީ އިތުރުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ބައެއް ހާލަތްތަކުގައި އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެއްބަސްވުންތައް ބާތިލުކުރުމުގެ ބާރު ވެސް ވުޒާރާއަށް ލިބިގެންވެއެވެ. އެގޮތުން ތަރައްގީކުރުމުގެ މުއްދަތު ހަމަވިތާ 8 އަހަރު ވެފައިވާއިރުވެސް އަމަލީ މަސައްކަތް ފަށާފައި ނުވުމާއި، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ 10 މިލިޔަން ޑޮލަރަށް ވުރެ މަތިވެފައިވުން ހިމެނެއެވެ. މީގެއިތުރުން ގްރޭސް ޕީރިއަޑަށް ފަހު އިމާރާތްރުމުގެ މުއްދަތު 60 މަސްދުވަހަށް ވުރެ އިތުރުވެފައިވުން ނުވަތަ ކުއްޔަށް ދިންތާ 8 އަހަރު ވެފައިވާއިރު އަމަލީ މަސައްކަތުގެ 15 އިންސައްތަވެސް ނުނިމޭނަމަ އެއްބަސްވުންތައް ވަގުތުން ބާތިލުކުރެވޭނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްގީ ނުކުރެވި ހުރި ރިސޯޓްތަކުގެ މަސައްކަތް ފެށުމަށް އެއް އަހަރު ދެނީޚަބަރު | 18 މިނިޓު ކުރިންރިސޯޓްތަކުން ނުދައްކާ ހުރި ފައިސާގެ އަދަދު 97 މިލިޔަން ޑޮލަރަށް އަރާޚަބަރު | 2 ދުވަސް ކުރިންފަތުވެރުރިކަން ރަނގަޅުވެއްޖެ، މި އަހަރުގެ ފަހު ކުއާޓާގައި ހަތް އެއާލައިނަކުން ދަތުރުތައް ފަށާނެ: ޓޫރިޒަމް މިނިސްޓަރު އަމީންޚަބަރު | 2 ދުވަސް ކުރިންފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 2 ދުވަސް ކުރިން