logo
Bank of Maldives

Bank of Maldives

ވިޔަފާރި

2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ ނިޔަލަށް

2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ ނިޔަލަށް

2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 30 ޖޫން 2026 ކަމަށްވާތީ، އެ ތާރީޚުގެ ނިޔަލަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކެވުމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާ އިން ބުނީ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާ ފަރާތްތައް ފިޔަވައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް 2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި "ސިމްޕްލިފައިޑް" އިންކަމް ޓެކްސް ބަޔާނެއް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ސިމްޕްލިފައިޑް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ހަމައެކަނި އުޖޫރަ ލިބިފައިވާ ފަރުދުންނާއި އާމްދަނީގެ ގޮތުގައި ހަމައެކަނި ނުއުފުލޭ މުދަލެއް ކުއްޔަށް ދީގެން އާމްދަނީ ލިބުނު ފަރާތްތަކުގެ ތެރެއިން އެ ނުއުފުލޭ މުދަލުގެ ކުލީގެ އާމްދަނީގެ 20% އުނިކުރަން އިޚްތިޔާރު ފަރާތްތައް ހިމެނޭ ކަަމަށް މީރާ އިން ބުނެއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސް ބަޔާނާއެކީ ހުށަހަޅަންޖެހޭ ޝެޑިއުލްތަކަކީ އެ ބަޔާނުގެ ބައިތައް ކަމަށާއި، އެ ޝެޑިއުލްތައް ފުރިހަމަކުރުން ލާޒިމުވާ ފަރާތްތަކުން ޝެޑިއުލްތައް ފުރިހަމަކޮށްފައި ނުވާނަމަ އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅައިފައިވާ ކަމަށް ނުބެލެވޭނެ ކަމަށް ވެސް ބުނެއެވެ. އެހެންކަމަށްވާތީ، އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި އެ ބަޔާނުގެ ޝެޑިއުލްތަށް ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއެވެ.

އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރުމަށްޓަކައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން މީރާއިން ވަނީ ޚާއްސަ "އިންކަމް ޓެކްސް އެސިސްޓެންސް ޕްރޮގްރާމް"އެއް ފަށާފައެވެ. މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ 2025 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބު ތައްޔާރުކުރާ ފަރާތްތަކަށެވެ. އެގޮތުން މިފަދަ ފަރާތްތަކުގެ އިންކަމް ޓެކްސް ބަޔާން ފުރިހަމަކުރުމަށާއި މާލީ ހިސާބުތައް ނުވަތަ ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މީރާއިން ކުރިއަށްގެންދާ ކަމަށް މީރާއިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން ވެސް، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ އެހެން ފަރާތްތަކަށް ވެސް ބަޔާން ހުށަހެޅުމުގެ ކަންކަން ފަސޭހަކަމާއެކީ ކުރެވޭނެ މަގުފަހިކޮށްދިނުމަށް މި ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ފޯރުވައިދެމުން އަންނަ ކަމަށް މީރާއިން މަޢުލޫމާތުދެއެވެ. ވީމާ، މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އެހީތެރިކަން ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ 1415@mira.gov.mv އަށް އީމެއިލް ކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު އޮންލައިންކޮށް ހަމަޖެހިފައިވުމާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް 'މީރާކަނެކްޓް' މެދުވެރިކޮށް މި ޚިދުމަތްތައް ލިބޭނެ މަގު ވަނީ ފަހިކޮށްދެވިފައެވެ. އެހެންކަމުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާއަށް ވަޑައިގަތުމުގެ ބަދަލުގައި، ވީހާވެސް ގިނަ ފަރާތްތަކުން އޮންލައިން ޚިދުމަތް ބޭނުންކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާ އިން އިއުލާން ކޮށްފިޚަބަރު | 4 ދުވަސް ކުރިންމިދިޔަމަހުގެ ނިޔަލަށް މުދަލުޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ ލިބުނުޚަބަރު | 11 ދުވަސް ކުރިންފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް އަންގައިފިޚަބަރު | 12 ދުވަސް ކުރިންއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދައިފިޚަބަރު | 21 ދުވަސް ކުރިން