logo
MPL

MPL

ވިޔަފާރި

މީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާ

އަޙުމަދު ރަމީޒު
12 އޮކްޓޯބަރު 2026 - 07:37
ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖެ އައި ފަތުރުވެރިންތަކެއް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 2.69 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 10.7 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 12.7 ޕަސެންޓް އިތުރު އަދަދެކެވެ.

އަންދާޒާކުރި ވަރަށްވުރެ ޖުމްލަ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި އަންދާޒާ ކުރި ވަރަށްވުރެ ފަތުރުވެރިންގެ އަދަދު 18 ޕަސެންޓް އިތުރުވެ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.

މީރާއަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 46.8 ޕަސެންޓެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ޖެނެރަލް ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ބިމު ކުލިންނެވެ. އެއީ 15.8 ޕަސެންޓް ނުވަތަ 424 މިލިއަން ރުފިޔާ އެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 213 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 202 މިލިއަން ރުފިޔާ މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް ލިބިފައިވެ އެވެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 177 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 173 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާވިޔަފާރި | ގަޑިއިރެއް ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | 7 ދުވަސް ކުރިންއިންބައުންޑް ޓޫރިޒަމް އިން ނަގާ ޓެކްސް ދެ ގައުމަކުން ނުނަގާނެ، އެ ޓެކްސް ދައްކަންޖެހޭނީ ހަމައެކަނި ރާއްޖެ އަށް: މީރާޚަބަރު | 16 ދުވަސް ކުރިންޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާ އިން އިއުލާން ކޮށްފިޚަބަރު | 21 ދުވަސް ކުރިން