އިންބައުންޑް ޓޫރިޒަމް އިން ނަގާ ޓެކްސް ދެ ގައުމަކުން ނުނަގާނެ، އެ ޓެކްސް ދައްކަންޖެހޭނީ ހަމައެކަނި ރާއްޖެ އަށް: މީރާ
26 ސެޕްޓެމްބަރު 2026 - 12:17

އިންބައުންޑް ޓޫރިޒަމް އިން ނަގާ ޓެކްސް ދެ ގައުމަކުން ނުނަގާނެ، އެ ޓެކްސް ދައްކަންޖެހޭނީ ހަމައެކަނި ރާއްޖެ އަށް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރްގްރާމްގައި ވާހަކަ ދައްކަވަމުން މީރާގެ ޑެޕިުޓީ ޑިރެކްޓަރ އޮބްޖެކްޝަން އަމީނުﷲ ނަސީރު ވިދާޅުވީ އެކްސްޕޯޓްކުރާ ބާވަތްތަކާ ހިދުމަތްތަކުން އެއްވެސް ގައުމަކުން ޓެކްސް ނުނަގާނެ ކަމަށެވެ. އެގޮތުން އިންބައުންޑް ޓޫރިޒަމް ވަންނަނީ އެގައުމުން އެކްސްޕޯޓްކުރާ ހިދުމަތުގެ ތެރެއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
އަމީނުﷲ ވިދާޅުވީ މިގޮތަށް ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ހިދުމަތް ދިނުމަށް ހިނގި ހަރަދުތައް ކެނޑުމަށް ފަހު އަދި ރާއްޖޭގެ ރިސޯޓަށް ކޮޓަރިއަށް ދައްކަންޖެހޭ އަދަދުތައް ވެސް ކެނޑުމަށް ފަހު ބާކީ އޮންނަ އެއްޗަކަށް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން މީރާ މެދުވެރިކޮށް ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް އެ އޮތޯރިޓީން ވަނީ އަންގައިފި އެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލާ އެއްގޮތަށް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޓެކުސް ނެގުމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން އޮންލައިން ޓްރެވަލް އެޖެންސީތަކާއި، ބެޑް ބޭންކުތަކާއި، އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކާއި ޗާޓަރު އޮޕަރޭޓަރުން ވެސް މި ޤާނޫނުގެ ދަށުން ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭނެއެވެ.


