logo
MPL

MPL

ޚަބަރު

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް އަންގައިފި

އަޙުމަދު ރިޝާން
12 ސެޕްޓެމްބަރު 2026 - 12:22
ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް އަންގައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް އެ އޮތޯރިޓީން އަންގައިފި އެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލާ އެއްގޮތަށް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޓެކުސް ނެގުމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން އޮންލައިން ޓްރެވަލް އެޖެންސީތަކާއި، ބެޑް ބޭންކުތަކާއި، އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކާއި ޗާޓަރު އޮޕަރޭޓަރުން ވެސް މި ޤާނޫނުގެ ދަށުން ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މިފަދަ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖەހެނީ މީރާގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމާއެކު ޖީއެސްޓީ ޓިން ނަމްބަރު ހިމެނޭ ސެޓްފިކެޓެއް ލިބޭނެ ކަމަށާއި، މީރާ-ކަނެކްޓް މެދުވެރިކޮށް ޓެކުހާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ. އަދި ބޭރުގައި ތިބި ފަރާތްތަކަށް ދިމާވާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށްޓަކައި internationalhelpdesk@mira.gov.mv ގެ ނަމުގައި ޚާއްސަ އީމޭއިލެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | ދުވަހެއް ކުރިންޑޮލަރު އާމްދަނީ 1.2 ބިލިއަނަށްވިޔަފާރި | 2 ދުވަސް ކުރިންމީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާވިޔަފާރި | 3 ދުވަސް ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | 10 ދުވަސް ކުރިން