ޓެކްސް އަށް ރަޖިސްޓްރީކުރާ އެންމެން ޓެކްސް ދައްކާކަށް ނުޖެހޭނެ، އިންކަމް ޓެކްސް ދައްކަންޖެހޭނީ ބޮޑު އާމްދަނީއެއް ލިބިގެން: މީރާ
22 އޯގަސްޓު 2026 - 11:12

އިންކަމް ޓެކްސަށް ރަޖިސްޓްރީ ކުރުމަކީ އިންކަމް ޓެކްސް ބަޔާން ހުށަހަޅާ ޓެކްސް ދައްކަންޖެހޭނެ ފަރާތްތެއް ނޫން ކަމަށާއި އިންކަމް ޓެކްސް ދައްކަންޖެހޭނީ ވަރަށް ބޮޑު އާމްދަނީ އެއް ލިބިގެން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އެންގޭޖްމަންޓް އަހުމަދު ޝާހިން ވިދާޅުވެއްޖެ އެވެ.


Ad by Hajj Corporation
މެންދުރު ޓީވީގެ "މައުލޫ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީން ވިދާޅީ އިންކަމް ޓެކްސަށް ރަޖިސްޓްރީވާ ހިސާބުން އެ މީހަކީ ޓެކްސް ދައްކަންޖެހޭ ފަރާތެއް ކަމެއް ބައެއް ފަރާތްތަކަށް ވިސްނިފައި އޮންނަ ކަމަށެވެ. އިންކަމް ޓެކްސް ދައްކަން ޖެހޭނީ، ޓެކްސް ބިނާ ކުރެވޭ އާމްދަނީ އަހަރަކު 720،000 ރުފިޔާ އަށް އަރާކަމުގައިވަނަމަ އެވެ. އަދި ކުންފުނިތަކުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ އަހަރަކު 500،000 ރުފިޔާ އަށް ވުރެ އިތުރުވާނަމަ، 15 ޕަސެންޓް ކަމަށް ވެސް ޝާހީން ފާހަގަ ކުރެއްވެވި އެވެ.
ޝާހިން ވިދާޅުވީ ލިޔެކިއުންތަކާއި ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ހިސާބުތައް ރަނގަޅަށް ބަލަހައްޓާ ފަރާތަތަކަށް ޓެކްސް ދައްކަންޖެހޭ މީހަކަށް ޝަރުތުހަމަވާނަމަ، އަމިއްލަ އަށް އެނގޭނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކުރާ ހިސާބުން އަމިއްލަ އަށް އިންކަމް ޓެކްސްގައި ރަޖިސްޓްރީވެފައިވާ ކަމުގެ މައުލޫމާތު މީރާ އިން ފޮނުވަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
