logo
Bank of Maldives

Bank of Maldives

ޚަބަރު

މީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖުލައި 2026 - 10:07
އަމީޒާ، ފޮޓޯ: ޕީއެސްއެމް
އަމީޒާ، ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ 16 އަހަރުގެ ތާރީޚުގައި، އެ މުއައްސަސާގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މި މުހިންމު މަޤާމަށް އައްޔަންކުރައްވާފައިވަނީ ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ މި މަޤާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފާޠިމަތު އަމީޒާއަކީ މީރާ އުފެދުނީއްސުރެ އެ މުއައްސަސާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ. އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޚާއްޞަކޮށް، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިޔާގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް ހަރުދަނާކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ފާޠިމަތު އަމީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ފުރިހަމަކުރައްވާފައިވެއެވެ.

މީރާގެ އެންމެ މަތީ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވުމަކީ، ދައުލަތުގެ މުހިންމު ނިންމުންތައް ނިންމަވާ ފަންތީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިން މާލޭ ސަރަހައްދުގައި ދެ ޕާކިން ބިލްޑިންގް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީޚަބަރު | 2 ދުވަސް ކުރިންއިސްކަން ދެނީ އަސްލު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް: ރައީސް ޚަބަރު | 2 ދުވަސް ކުރިން''ބޭރު މަގު މަޝްރޫޢުން ގެނެސްދެނީ މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް''ޚަބަރު | 2 ދުވަސް ކުރިން