logo
MPL

MPL

ޚަބަރު

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ސެޕްޓެމްބަރު 2026 - 17:15
އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދައިފި

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ އެ އިދާރާއިން ހޯދައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ހޯދާފައިވަނީ 1.39 ބިލިޔަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ނުލިބިހުރި ފައިސާ ހޯދުމަށް މީރާއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ޑަނިންގް ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ. އެ ގޮތުން ނޯޓިސް ފޮނުވައިގެން 2.39 ބިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެއިތުރުން ޑިއުސް ކްލިއަރެންސް މެދުވެރިކޮށް 861.19 މިލިޔަން ރުފިޔާ، ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން 192.38 މިލިޔަން ރުފިޔާ، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކޮށްގެން 21.45 މިލިޔަން ރުފިޔާ އަދި ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން 14.54 މިލިޔަން ރުފިޔާ މީރާއިން ވަނީ ހޯދާފައެވެ.

އެ މުއްދަތުގެ ތެރޭގައި ގަވާއިދުން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ގިނަ ފަރާތްތަކަކަށް މީރާއިން ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅައިގެން ފުރަތަމަ ކުއާޓަރުގައި 10,701 ފަރާތަކަށާއި ދެވަނަ ކުއާޓަރުގައި 9,798 ފަރާތަކަށް ނޯޓިސް ދީފައިވެއެވެ. އަދި ޓެކްސް ފައިސާ ނުދައްކައިގެން ފުރަތަމަ ކުއާޓަރުގައި 5,776 ފަރާތަކަށާއި ދެވަނަ ކުއާޓަރުގައި 6,586 ފަރާތަކަށް ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ.

މީގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ދައްކަންޖެހޭ އަދަދު ކަށަވަރު ކުރުމަށްޓަކައި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 73 އޮޑިޓެއް ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ފުރަތަމަ ކުއާޓަރުގެ 23 އޮޑިޓުން އިތުރަށް ދައްކަން އެންގި 61.92 މިލިޔަން ރުފިޔާއާއި، ދެވަނަ ކުއާޓަރުގައި ހެދި 50 އޮޑިޓުން އިތުރަށް ދައްކަން އެންގި 30.35 މިލިޔަން ރުފިޔާ ހިމެނެއެވެ. އެހެންކަމުން، މި އޮޑިޓްތަކުން ޖުމްލަ 92.27 މިލިޔަން ރުފިޔާ ދެއްކުމަށް މީރާއިން ވަނީ އަންގާފައެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބެލުމަށްޓަކައި މީރާގެ ޓީމުތަކުން ވަނީ ފާއިތުވި ހަ މަސް ދުވަހު 2,612 ކޮމްޕްލައެންސް ޒިޔާރަތެއް ކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދައިފިޚަބަރު | ގަޑިއިރެއް ކުރިންރަޖިސްޓްރީވާ ހިސާބުން ޓެކްސް ދައްކާކަށް ނުޖެހޭނެ، އިންކަމް ޓެކްސް ދައްކަންޖެހޭނީ ބޮޑު އާމްދަނީއެއް ލިބިގެން: މީރާޚަބަރު | 12 ދުވަސް ކުރިންމައާފު ކުރެވޭނީ ޓެކުހާ ގުޅޭ ޖުރިމަނާ، ޓޫރިޒަމް ޖޫރިމަނާ މީރާ އަށް މައާފެއް ނުކުރެވޭނެ: ޝާހިންޚަބަރު | 14 ދުވަސް ކުރިންމީރާގެ ޑެޕިއުޓީ ކަމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން