ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފި
14 އޮކްޓޯބަރު 2026 - 05:39

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފި އެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާއިތުވި ސެޕްޓެމްބަރު މަހު ޖުމްލަ 623 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އެ ގޮތުން ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
މީގެ އިތުރުން އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މީރާ އިން ބުނި ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 8 މިލިއަން ރުފިޔާ ހޯދި އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
