ޑޮލަރު އާމްދަނީ 1.2 ބިލިއަނަށް
13 އޮކްޓޯބަރު 2026 - 06:06

ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 63.7 މިލިއަން ޑޮލަަރު އިތުރު އަދަދެކެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 571.1 މިލިއަން ޑޮލަރު ލިބުނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 138.8 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 106 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 98.6 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 99.8 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 114.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި މި މުއްދަތުގައި 49.1 މިލިއަން ޑޮލަރު ލިބުނުއިރު ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 13.1 މިލިއަން ޑޮލަރު ލިބުނެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
