logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ވަނީ 923,984 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ހިސާބުތަކުން ދައްކާ އަދަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގައި އާންމު ފަތުރުވެރިންނާއި ވިޔަފާރި ބޭނުންތަކަށް އައި 6,259 މީހުންނާއި ކްރޫޒްލައިނަރތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި 13,808 ފަތުރުވެރިން ވެސް ހިމެނޭކަމަށް އެ ވުޒާރާ އިން ހާމަކުރެއެވެ.

ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު ވަނީ 4.0 އިންސައްތަ ދަށްވެފައިވާއިރު، އެ އަހަރު ދުވާލަކު އެވްރެޖްކޮށް 6,546 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ނަމަވެސް، މި އަހަރު އެ އަދަދު ހުރީ 6,286 ގައެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށްވާއިރު، ގަން، މާފަރު އަދި ހަނިމާދޫ ފަދަ ސަރަހައްދީ ބައިނަލްއަގުވާމީ އެއަރޕޯޓުތަކުން ވެސް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ގައުމުތަކުގެ ތަރުތީބަށް ބަލާއިރު، 141,339 ފަތުރުވެރިންނާއެކު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، އިނގިރޭސިވިލާތާއި އިންޑިއާއަކީ ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކެވެ. މި ވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 179 ރިސޯޓާއި، 918 ގެސްޓްހައުސްގެ އިތުރުން ގިނަ އަދަދެއްގެ ހޮޓާ އަދި ސަފާރީތަކުން އަންނަނީ ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްގީ ނުކުރެވި ހުރި ރިސޯޓްތަކުގެ މަސައްކަތް ފެށުމަށް އެއް އަހަރު ދެނީޚަބަރު | 7 ދުވަސް ކުރިންރިސޯޓްތަކުން ނުދައްކާ ހުރި ފައިސާގެ އަދަދު 97 މިލިޔަން ޑޮލަރަށް އަރާޚަބަރު | 9 ދުވަސް ކުރިންފަތުވެރުރިކަން ރަނގަޅުވެއްޖެ، މި އަހަރުގެ ފަހު ކުއާޓާގައި ހަތް އެއާލައިނަކުން ދަތުރުތައް ފަށާނެ: ޓޫރިޒަމް މިނިސްޓަރު އަމީންޚަބަރު | 9 ދުވަސް ކުރިންފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 9 ދުވަސް ކުރިން