logo
MPL

MPL

ޚަބަރު

މޭ މަހުގެ ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވެ، ފަތުރުވެރިކަން ދަށަށްދާ ފަރަގު ކުޑަކުރެވިއްޖެ: ވަޒީރު އަމީން

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 15:23
އަމީން، ފޮޓޯ: ރައީސް އޮފީސް
އަމީން، ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މޭ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވެ، ފަތުރުވެރިކަން ދަށަށްދާ މިންވަރުގެ ފަރަގު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ފާއިތުވި ދެ މަހު ފަތުރުވެރިކަން ދަށަށް ގޮސްފައިވާ ނިސްބަތަށް ބަލާއިރު، މިދިޔަ މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް ހުރީ 22.5 އިންސައްތަ ދަށުގައެވެ. އަދި އޭޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތައަށް ދަށަށް ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު، މި ނިސްބަތް ވަނީ 8.9 އިންސައްތައަށް ދަށްކުރެވިފައެވެ. ވަޒީރު އަމީން ސިފަކުރެއްވި ގޮތުގައި، މިހާލަތުގައި ފަތުރުވެރިކަން ދަށަށްދާ މިންވަރުގެ ފަރަގު މިހާ ބޮޑަށް ކުޑަކުރެވުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މި ކާމިޔާބީ ހާސިލުކުރެވުނު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރުން ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ޙިކުމަތްތެރި ނިންމެވުންތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި، ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން ބައިނަލްއަޤުވާމީ އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ރައީސް ނިންމެވި ނިންމެވުމަކީ، އިޤުތިޞާދީ ގޮތުން ކުރިމަތިވާ ހައްސާސް ޙާލަތްތަކުގައި ލިބޭ ގެއްލުންތައް ކުޑަކުރުމަށް (mitigate) ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު އަމީން ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އިޤުތިޞާދު ވަރުގަދަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިން