logoEN
ޚަބަރު

ކެލާ ފަޅުގައި ރިސޯޓު ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

04 ޖުލައި 2025 - 11:30

ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފިއެވެ.

އެ ރަށު ފަޅު ތެރޭގައި ރިސޯޓެއް ތަރައްގީކުރުމަށް މަސައްކަތް ކުރަން ކެލާގެ އިހުތިސާސަށް ވަނީ ބަދަލު ގެނެސްފައެވެ.

ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދަން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗު މަހުގެ 31 ގައެވެ.

އޭރު ހުޅުވާލީ އެ ފަޅުގައި 12.19 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރާށެވެ. އެ ތަނުން އެއް ރަށަކީ 156.2 ހެކްޓަރުގެ ރަށެކެވެ. އަނެއް ރަށަކީ 169.3 ހެކްޓަރުގެ ރަށެކެވެ. ދެ ރިސޯޓުގައި ވެސް 200 އެނދު ތަރައްގީކުރަން ޖެހޭއިރު، ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށެވެ.

އެ ތަނުން 156.2 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހެއެވެ. އަދި، 169.3 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި ސަރުކާރަށް 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހެއެވެ.

އެކަމަކު، އެ އިއުލާނު އިއްޔެ ބާތިލުކޮށް، ނެރުނު އިއުލާނެއްގައި ވަނީ ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި އެ ސިނާއަތް ފުޅާކުރުމުގެ ގޮތުން ހއ އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ އަތޮޅާއި އައްޑޫ ސިޓީގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން، ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލުކުރީ އެ ލުއިތައް ދީ އަލުން އިއުލާނުކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. އެގޮތުން ހއ. ހދ، ށ، ތ، ލ، އަދި ސ، އަތޮޅުގައި ތަރއްގީ ކުރަން ނިންމާފައިވާ ރިޒޯޓް ތަކަކީ މިފަދަ ރިޒޯޓްތައް ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކޮމެންޓް

871x217_placeholder