logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކުރަން ސަފީރުގެ ދެ ހުށަހެޅުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޯގަސްޓު 2025 - 03:51
 ޗައިނާ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކުރަން ސަފީރުގެ ދެ ހުށަހެޅުމެއް

ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ ދެ މުހިންމު ހުށަހެޅުމެއް ހުށަހަޅުއްވައިފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ހުށަހެޅުއްވި މި ހުށަހެޅުންތަކުގެ ތެރޭގައި މާކެޓިން މަސައްކަތްތައް ވަރުގަދަކުރުމާއި ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން ހިމެނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަފީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އަދި މިހާރު ކޮވިޑް-19ގެ ކުރީގެ އަދަދުތަކަށް ޗައިނާ ޓޫރިސްޓުން އަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، އަހަރަކު 140 މިލިއަން ޗައިނާ މީހުން ބޭރު ގައުމުތަކަށް ދަތުރުކުރާއިރު، ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑު ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.

ސަފީރުގެ ދެ ހުށަހެޅުއްވުން:

  1. މާކެޓިން ވަރުގަދަކުރުން: ޗައިނާ ފަދަ ބޮޑު މާކެޓަކަށް ޕްރޮމޯޝަން ހަރަކާތްތައް ފުޅާކުރުން.
  2. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން: ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުން.

ސަފީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ގެނބިގެން މަރުވާ ޓޫރިސްޓުންގެ ތެރެއިން ޗައިނާ މީހުން ގިނަ އެވެ. މިއީ ގިނަ ޗައިނާ ޓޫރިސްޓުން ކަނޑަށް ފަރިތަ ނޫން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ހާދިސާތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ، ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، މި އަހަރުގެ ފަހު ކުއާޓަރުގައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ފަރާތްތައް ގުޅިގެން ފޯރަމެއް ބޭއްވުމަށް ރޭވެމުންދާ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި މިފަދަ މަސައްކަތްތަކުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާވާނެ ކަމަށް އޭނާ އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ްގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 105 އިންސައްތަ އިތުރުވެއްޖެޚަބަރު | 8 ދުވަސް ކުރިންއަމާޒަކީ، މީހުންނަށް ފޯކަސްކުރާ ހަރުދަނާ ފަތުރުވެރިކަމުގެ ނިޒާމެއް ތަރައްގީކުރުން: ރައީސްޚަބަރު | މަހެއް ކުރިންރާއްޖެއިން އަނެއްކާވެސް "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ހާސިލްކޮށްފިވިޔަފާރި | މަހެއް ކުރިން13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 2 މަސް ކުރިން