ޗައިނާ އަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ބައިވެރިއެއް: ރައީސް
28 އޮކްޓޯބަރު 2026 - 08:05

ޗައިނާގެ ތަޖުރިބާގެ ސަބަބުން އެ ގައުމަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާގެ އެހީތެރިކަމާއެކު މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް ގިނަ ފައިިދާތަކެެއް ކުރަމުން އަންނަކަމަށްށެވެ.
.png&w=750&q=75)
Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާސިލް ކުރެވޭނީ އިގްތިސާދު ސިންދަފާތުކޮށް އެކުގައި މަސައްކަތް ކުރާނެ އިންވެސްޓަރުންނާ ގުޅުން ބަދަހިކުރެވިގެން ކަމަށެވެ. ގަ
"ޗައިނާއާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކޮށް މުޅި މުޖުތަމައާށް އޭގެ ފައިދާވާނެހެން ބިނާކުރަންޖެހޭ . އެގޮތުން މަހުގެ ބާވަތްތަކާއި ދިވެހިންގެ އުފެއްދުންތަކަށް ޗައިނާގެ މާކެޓުތަކުގައި ފުރުސަތު އެބަހުރި . ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމަކަށް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށް ދިވެހިންވުމަށް ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގައި ހާސިލް ކުރެވުނު މުހިންމު ކާމިޔާބީއެއް ކަަމަށާއި، އަދި އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓުގައި ފުރުސަތުތައް ފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
