logo
MPL

MPL

ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހޯއްދެވި ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޮކްޓޯބަރު 2026 - 09:21
ބްރެޒިލްގެ ރައީސް ލޫލާ ހޯއްދެވި ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ފެޑަރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ޤައުމުގެ ރައީސް، ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި އިންތިޚާބުގައި ރައީސް ލޫލާއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައެވެ. މީގެ އިތުރުން ރައީސް ލޫލާ އެ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވައި، ކުރިމަގުގައި އިތުރު ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސް ލޫލާއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައި ވެއެވެ.

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި އޮކްޓޫބަރު މަހު ބޭއްވިއިރު، ވާރކާސް ޕާޓީ ތަމްސީލުކުރައްވާ މިހާރުގެ ރައީސް ލޫލާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ކަނާތުފިޔައިގެ ވާދަވެރިޔާ ފްލާވިއޯ ބޮލްސޮނާރޯއާ ވާދަކުރައްވައެވެ. ވާތުފިޔައިގެ ލީޑަރު ލޫލާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޞައްޙަ ވޯޓުގެ %51.8 (64.25 މިލިއަން ވޯޓު) ހޯއްދަވައިގެންނެވެ.

މި އިންތިޚާބުގައި ލިބަރަލް ޕާޓީގެ ފަރާތުން ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ ވޯޓުގެ %48.2 (59.83 މިލިއަން ވޯޓު) އެވެ. މި ނަތީޖާއާއެކު ލޫލާ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 4.4 މިލިއަން ވޯޓުގެ ތަފާތަކުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެޒިލްގެ ރައީސް ލޫލާ ހޯއްދެވި ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެޚަބަރު | 15 މިނިޓު ކުރިން%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 2 ދުވަސް ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 2 ދުވަސް ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 2 ދުވަސް ކުރިން