logo
ޚަބަރު

އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށް ފަހު

އައިމިނަތު މޫސާ
30 އޯގަސްޓު 2025 - 05:43
އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށްފަހު

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، މުޙައްމަދު އުމަރު މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު، މިއަދުގެ އަޞްރު ނަމާދަށްފަހު ކުރަން ނިންމައިފިއެވެ.


އެމްޔޫ މަނިކްގެ ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަޞްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އެމްޔޫ މަނިކު، އުމުރުފުޅުން 78 އަހަރުގައި އަވަހާރަވެފައިވަނީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ސިންގަޕޫރު ގަޑިން 6:30 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމުގެ ދާއިރާއިން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ އަދި އެންމެ މަތީފަންތީގެ ހިދުމަތްދޭ ރިސޯޓުތައް ރާއްޖޭގައި ހިންގާ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު، ނުވަތަ ކޮލިގޭ މުޙައްމަދު އުމަރު މަނިކަކީ، ރާއްޖޭގައި އެންމެފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް އައުމުން، އެމީހުން ރާއްޖޭގައި ތިބުމުގެ ކަންތައް ހަމަޖެއްސެވިއެވެ. މުސްތަޤްބަލުގައި މިކަން ރާއްޖޭގައި ކުރިއަށް ގެންދެވުމަށްޓަކައި އޭރު އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީވެސް މުޙައްމަދު ޢުމަރު މަނިކު ބައިވެރިވެވަޑައިގެން 1972 ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 2011 ވަނަ އަހަރު ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. މީގެ އިތުރުން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

އެމްޔޫ މަނިކް އަވަހާރަވީއިރު އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތައިން އިތުރުވެއްޖެޚަބަރު | 10 ގަޑިއިރު ކުރިންއެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށްފަހުޚަބަރު | 2 ދުވަސް ކުރިން ޗައިނާ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކުރަން ސަފީރުގެ ދެ ހުށަހެޅުމެއްޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ ޓޫރިޒަމްގެ އެއް ތަނބު އެމްޔޫ މަނިކު އަވަހާރަވެއްޖެޚަބަރު | 2 ދުވަސް ކުރިން