logo
Bank of Maldives

Bank of Maldives

ޚަބަރު

13 ދުވަސްތެރޭ ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޝަހްޒާ މުހައްމަދު
14 ސެޕްޓެމްބަރު 2025 - 09:36
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން

މި މަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް 62,027 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1.5 މިލިއަން ފަތުރުވެރިންނެވެ. މިއީވެސް މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.4 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 9.7 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 245,553 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 186,263 ފަތުރުވެރިން، އިނގިރޭސިވިލާތުން 138,869 ފަތުރުވެރިން، އިޓަލީވިލާތުން 108,837 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 106,919 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މިހާރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އަމާޒު ހާސިލުކުރުމަށް އިތުރު 700,000 ފަތުރުވެރިން ބޭނުންވެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މިއަހަރަށް ކަނޑައެޅި އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިޚަބަރު | 14 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 16 ދުވަސް ކުރިންބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން