logo
Bank of Maldives

Bank of Maldives

ޚަބަރު

ްގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 105 އިންސައްތަ އިތުރުވެއްޖެ

ޢައްފާން މުޙައްމަދު
26 އޮކްޓޯބަރު 2025 - 06:46
ްގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 105 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ މެދު ތެރެއާ ހަމައަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުހައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 834 މިލިޔަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި މުއްދަތުގެ ތެރޭގައި މި އަހަރުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ 105 އިންސައްތަ އިތުރުވެފައެވެ.

ގްރީން ޓެކްސް އަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ.

މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިހާ ބޮޑަށް އިތުރުވެފައި މިވަނީ، މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވެސް ބޮޑުތަނުން އިތުރުވެފައި ވުމާ ގުޅިގެންނެވެ.


ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,719,259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައިވާ 1,563,415 ފަތުރުވެރިންނާ ބަލާއިރު މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ްގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 105 އިންސައްތަ އިތުރުވެއްޖެޚަބަރު | 6 ގަޑިއިރު ކުރިންއަމާޒަކީ، މީހުންނަށް ފޯކަސްކުރާ ހަރުދަނާ ފަތުރުވެރިކަމުގެ ނިޒާމެއް ތަރައްގީކުރުން: ރައީސްޚަބަރު | މަހެއް ކުރިންރާއްޖެއިން އަނެއްކާވެސް "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ހާސިލްކޮށްފިވިޔަފާރި | މަހެއް ކުރިން13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | މަހެއް ކުރިން