logo
Bank of Maldives

Bank of Maldives

ވިޔަފާރި

ގްރީން ޓެކުހުގެ ގޮތުގައި 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބި، 104 އިންސައްތައިގެ ކުރިއެރުމެއް!

މުޙައްމަދު އަފްރާޙް
21 ފެބްރުއަރީ 2026 - 12:22
---
---

މިދިޔަ ޖނަވަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބި، 104.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް 221,796,366 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދާ އަޅާ ބަލާއިރު 104.8 އިންސައްތައިގެ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް މިއަހަރު ލިބިފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަަށް 227,198 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރާތްކުރީ 216,265 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 153,824 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 59,813 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 6,008 ފަތުރުވެރިން ހޮޓާ ތަކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 4,942 ފަތުރުވެރިން މިދިޔަ މަހު ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރީން ޓެކުހުގެ ގޮތުގައި 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބި، 104 އިންސައްތައިގެ ކުރިއެރުމެއް!ވިޔަފާރި | ގަޑިއިރެއް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | 17 ދުވަސް ކުރިންޑރ. އަލީ ލަތީފާއި އިކުލީލުގެ މައްޗަށް ގިނަ ދައުވާތަކެއް، މައްސަލަ ކޯޓަށްޚަބަރު | މަހެއް ކުރިންޓެކުހަށް މަކަރުހެދި 2 ކުންފުންޏަކަށް ދަޢުވާކުރަނީޚަބަރު | މަހެއް ކުރިން