މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 11 އިންސައްތަ އިތުރުވެއްޖެ
13 ޖޫން 2026 - 04:38
.jpg&w=3840&q=75)
ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވެ، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީއަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް އެ އޮތޯރިޓީއަށް ޖުމްލަ 749.3 މިލިއަން ޑޮލަރު ވަނީ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 673.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.

Ad by Hajj Corporation
ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީގެ ގޮތުގައެވެ. ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 390 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ލިބިފައެވެ.
އިތުރު ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު:
- އިންކަމް ޓެކްސް: 68.7 މިލިއަން ޑޮލަރު
- ޓޫރިޒަމް ބިމު ކުލި: 46.9 މިލިއަން ޑޮލަރު
- ޑިޕާޗާ ޓެކްސް: 60.3 މިލިއަން ޑޮލަރު
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 61.1 މިލިއަން ޑޮލަރު
- ގްރީން ޓެކްސް: 68.8 މިލިއަން ޑޮލަރު
ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ އިތުރުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ދަނޑިވަޅެއްގައެވެ. މި ކުރިއެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.


