logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާ ރާއްޖޭގައި ބާއްވަނީ

ޒިދާން މުޙައްމަދު
16 ފެބްރުއަރީ 2026 - 17:23
ވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާ ރާއްޖޭގައި ބާއްވަނީ

ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ މިއަހަރުގެ ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާ ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މިގޮތަށް ނިންމާފައި ވަނީ ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަށްވާތީއެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އެންމެ މަތީ ދަރަޖައިގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑެކެވެ. މި އެވޯޑަށް ފަރާތްތައް ހޮވަނީ ދާއިރާގެ ތަޖުރިބާކާރުންނާއި، ޓްރެވަލް ޕްރޮފެޝަނަލުންގެ އިތުރުން އާންމު ފަތުރުވެރިންގެ ވޯޓުންނެވެ.

މި އަހަރުގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާއިރު، އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއަކީ ފާއިތުވި ހަތަރު އަހަރު (2019 އިން 2025 އަށް) ޖެހިޖެހިގެން "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ ޝަރަފުވެރި މަގާމު ހޯދާފައިވާ ގައުމެވެ. އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ޖެހިޖެހިގެން ދެ އަހަރު "ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު" ގެ އެވޯޑުވެސް ހޯދާފައެވެ. ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024 އަދި 2025 ގައިވެސް ހާސިލްކޮށްފައެވެ.

ރާއްޖޭން އެންމެ ފަހުން މި ހަފްލާ ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާ ރާއްޖޭގައި ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންރެކޯޑު މައްޗަށް ރެކޯޑު؛ ހޮނިހިރު ދުވަހު 11،136 ފަތުރުވެރިން!ޚަބަރު | 14 ގަޑިއިރު ކުރިންކުރޫޒްލައިން "ކްއީން އޭން" އިން މިއަދު 2669 ފަތުރުވެރިން ރާއްޖެއަށްޚަބަރު | 2 ދުވަސް ކުރިންރާއްޖޭގައި 98 ޕަސެންޓް ޓޫރިސްޓު އެނދު އޮޕަރޭޝަންގައި!ޚަބަރު | 4 ދުވަސް ކުރިން