logo
MPL

MPL

ވިޔަފާރި

"އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި ތޮއްޑޫގެ ފަތުރުވެރިކަން ރަޝިއާ އަދި ކަޒަކިސްތާނުގައި އިޝްތިހާރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ސެޕްޓެމްބަރު 2026 - 16:53
"އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި ތޮއްޑޫގެ ފަތުރުވެރިކަން ރަޝިއާ އަދި ކަޒަކިސްތާނުގައި އިޝްތިހާރުކޮށްފި

ރަޝިއާގެ މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގްގެ އިތުރުން ކަޒަކިސްތާނުގެ އަލްމަޓީގައި ކުރިއަށްދިޔަ "އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި، އއ. ތޮއްޑޫގެ ލޯކަލް ޓޫރިޒަމްގެ ތަފާތު ތަޖުރިބާތައް ދައްކާލައި، ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުގައި އެ ރަށުގެ މަގުބޫލުކަން އިތުރުކުރުމުގެ މަސައްކަތް ކޮށްފިއެވެ.

ތޮއްޑޫ ތަމްސީލުކުރައްވައި ވާހަކަދައްކަވަމުން ޝޯލައިން ގްރޭންޑްގެ ފައުންޑަރ އަދި ސީއީއޯ ޒުލައިޚާ އިބްރާހީމް ވަނީ، ރީތި ގޮނޑުދޮށްތަކާއި، ދަނޑުވެރިކަމުގެ މުއްސަނދި ތާރީޚާއި، ދިވެހިވަންތަ އަސްލު ތަޖުރިބާތަކުގެ އިތުރުން ހިތްހެޔޮ މެހެމާންދާރީގެ ސަބަބުން ލޯކަލް އައިލެންޑް މަންޒިލެއްގެ ގޮތުގައި ތޮއްޑޫގެ ޑިމާންޑް ބޮޑުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ބައިނަލްއަގުވާމީ ރޯޑްޝޯތަކުގައި ބައިވެރިވުމަކީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ސީދާ ގުޅުން ބަދަހިކޮށް، ވަކިވަކި ޕްރޮޕަޓީތަކުގެ ބަދަލުގައި މުޅި ރަށް އެއް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ޒުލައިޚާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމޭޒިންގ ވިއު ގެސްޓްހައުސްގެ ފައުންޑަރ މޫސާ ފާރޫގް ވެސް ވަނީ މި ރޯޑްޝޯގެ އަގުވަޒަންކުރައްވައި ވާހަކަދައްކަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކަކީ ތޮއްޑޫގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އައު ޕާޓްނާޝިޕްތައް އުފެއްދުމަށާއި، އައު މާކެޓުތަކަށް ވާސިލުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

6174682101744080028.jpg

ރަޝިއާގެ މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގްގެ އިތުރުން ކަޒަކިސްތާނުގެ އަލްމަޓީގައި ކުރިއަށްދިޔަ "އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި، އއ. ތޮއްޑޫ ޕްރޮމޯޓްކުރުން

 

މި ބައިވެރިވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސްޓްރެޓީޖިކްކޮށް އަދި ގުޅިގެން ރަށް އިޝްތިހާރު ކުރުމަށް ތޮއްޑޫއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެކެވެ. "އައި އޭމް މޯލްޑިވްސް ރޯޑްޝޯ" މެދުވެރިކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތާ އޮތް ގުޅުން ވަރުގަދަކޮށް، މުޅި ދުނިޔޭގެ ދަތުރުވެރިންނަށް ރަށުގެ ޚާއްސަ ހިތްގައިމުކަން ދައްކުވައިދިނުމުގެ މަސައްކަތް އެ ރަށުން އަންނަނީ ކުރަމުންނެވެ.

ސާފު ގޮނޑުދޮށްތަކާއި، ދަނޑުވެރިކަމާއި، ސަގާފަތުގެ އިތުރުން އެކޮމޮޑޭޝަނާއި ތަފާތު ތަޖުރިބާތައް އިތުރުވަމުން އަންނަ ތޮއްޑޫ އިން ދަނީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ލޯކަލް އައިލެންޑް ޑެސްޓިނޭޝަންގެ ގޮތުގައި އެ ރަށުގެ މަގާމު އިތުރަށް ވަރުގަދަކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިން