logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރާއްޖެއިން އަނެއްކާވެސް "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ހާސިލްކޮށްފި

ޢައްފާން މުޙައްމަދު
24 ސެޕްޓެމްބަރު 2025 - 05:14
ރާއްޖެއިން އަނެއްކާވެސް "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ހާސިލްކޮށްފި

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ސްޕާ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2025" ގެ ޝަރަފު ދިވެހި ހޯދައިފިއެވެ.

މިއީ މި އެވޯޑުގެ 11 އަހަރުވީ މާޒީގައި ދިވެހިރާއްޖެއިން މި އެވޯޑް ހޯދި 9 ވަނަ ފަހަރެވެ.

ވިސިޓް މޯލްޑިވްސް އިން ބުނީ، މި އެވޯޑާއެކު، ރާއްޖެއިން، އެންމެ މަތީ ފެންވަރުގެ ޕްރޮފެޝަނަލް ސްޕާގެ ޚިދުމަތް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި ދަމަހައްޓަމުން އައި ޝަރަފުވެރިކަން ރަމްޒުކޮށްދޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހަރުގެ އެވޯޑްގައި ދިވެހިރާއްޖެއަށް ލިބުނު ސަރަހައްދީ ޝަރަފުގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓުތަކަށްވެސް ވަނީ އެކި ކެޓަގަރީތަކުން އެވޯޑުތައް ލިބިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާބެއްގެ ގޮތުގައި ވެލްނަސް ދާއިރާއަށް ހާއްސަކުރެވިގެން ދެވޭ މި އެވޯޑް ރާއްޖެއިން ހޯދާފައިވަނީ ސޭޝެލްސް، މޮރީޝަސް ފަދަ ކުރިއަރާފައިވާ ވެލްނަސް މަންޒިލްތަކާ ވާދަކޮށްގެންނެވެ.

ރާއްޖެއަކީ ވޯލްޑް ސްޕާ އެވޯޑްސްގައި ފާޙަގަކޮށްލެވޭ ރެކޯޑެއް ދަމަހައްޓަމުން އަންނަ ބްރޭންޑެކެވެ.

ރާއްޖެއިން އެންމެފުރަތަމަ މި އެވޯޑު ހާސިލްކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. އޭގެފަހުން، 2023 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރަކު ވެސް މި އެވޯޑު ހާސިލްކުރީ ދިވެހިރާއްޖެއިންނެވެ. 2023 ވަނަ އަހަރު މި އެވޯޑު ހޯދީ ސީޝެލްސްއިންނެވެ.

ވެލްނަސް ފަތުރުވެރިކަން ދުނިޔޭގައި ކުރިއަރަމުން އަންނައިރު، ރާއްޖެއިން މި ޝަރަފު ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ދިފާޢުކުރަމުން ދިއުމީ، ރާއްޖެއަކީ ވެލްނަސް ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދެވޭ މަންޒިލެއްގެ ގޮތުގައި ޤާއިމްވެފައިވާކަމުގެ ހެއްކެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިމިދިޔަ ޖޫން މަހު ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިވިޔަފާރި | މަހެއް ކުރިންވެލާނާ ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރީ އައްޑޫ އަތޮޅު ގަމު އެއާޕޯޓަށް ކަމަށް ދައްކައިފި ޚަބަރު | މަހެއް ކުރިންރަޝިޔާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްޞަ ކެމްޕޭނެއް ފަށައިފިވިޔަފާރި | 2 މަސް ކުރިންރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށްޚަބަރު | 2 މަސް ކުރިން