logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ރާއްޖެއިން ބައިވެރިވެއްޖެ

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 16:58
ވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ރާއްޖެއިން ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ލަންޑަނުގައި މިއަދު ފެށި ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ މައުރަޒުކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2025 ގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ މައުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިއަހަރުގެ މައުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ތާރިގު އިބްރާހީމެވެ. ވަޒީރު ވިދާޅުވީ އިނގެރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓްގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގެރޭސި ފަތުރުވެރިންނާއެކު ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް، އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރޭވުންތެރި މާކެޓިން ކެމްޕޭންތައް މި ސަރަހައްދަށް އިތުރުކުރުން. ސިނާޢަތުގެ ބައިވެރިންނާއެކު ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން، މިއަހަރުގެ ޑަބްލިއުޓީއެމް އަކީ މި ލަނޑުދަނޑި ހާސިލްކުރުމަށް ފަހިވާ މުހިއްމު ފުރުސަތެއް." ތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ތާރިގު އިބްރާހީމް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި މި ކުންފުނިތަކުން ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި މަހުގެ 4ވަނަ ދުވަހާ ހަމައަށް 1.8 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންގިރޭސިވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. އެޤައުމަކީ، މިހާރު ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގެރޭސިވިލާތުން ރާއްޖެއަށް 159،615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، 2024 އަހަރާއި އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | 13 ގަޑިއިރު ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | މަހެއް ކުރިންޓޫރިޒަމް ސިމްޕޯޒިއަމް 2025 ނިންމާލައިފި ޚަބަރު | މަހެއް ކުރިންވީއެމްސީގެ ޓޫރިޒަމް ސިމްޕޯޒިއަމް އަންނަ މަހު ބާއްވަން ނިންމައިފިޚަބަރު | މަހެއް ކުރިން