logo
Bank of Maldives

Bank of Maldives

ޚަބަރު

ޓްރިޕްއެޑްވައިޒަރގެ "ބެސްޓް އޮފް ދަ ބެސްޓް" ލިސްޓުގައި ރާއްޖެ

އިސްމާޢިލް ރާތިޢު
21 ޖެނުއަރީ 2026 - 04:59
ފޮޓޯ: ޗަމްޕާ އެންޑް ކްރައުން ރިސޯޓްސް
ފޮޓޯ: ޗަމްޕާ އެންޑް ކްރައުން ރިސޯޓްސް

ފަތުރުވެރިކަމުގެ ސިނާޢަތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންސަ ކަމަށްވާ ޓްރިޕްއެޑްވައިޒަރގެ ފަތުރުވެރިންގެ ވޯޓުން ނެރޭ "ބެސްޓް އޮފް ދަ ބެސްޓް" ލިސްޓުގެ ކުރީގައި ދިވެހިރާއްޖެ ހިިމެނިއްޖެއެވެ.

މި ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ، ޓްރިޕްއެޑްވައިޒަރގެ 8 މިލިއަން ލިސްޓިންގގެ ތެރެއިން ފަތުވެރިންގެ މެދުގައި އެންމެ ފާހަގަކޮށްލެވޭ 1% ގެ ތެރޭގައި ހިމެނިގެންނެވެ. މި ރޭންކިންގތައް ކަނޑައަޅަނީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިން ދީފައިވާ ރިވިއުތަކުގެ ފެންވަރަށާއި އަދަދަށް ބަލައިގެންނެވެ. މީގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިންނަށް ހިތްހަމަޖެހޭ, ރަނގަޅު ހިދުމަތްތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދޭ މަންޒިލްތައް ފާހަގަކޮށް، އެތަންތަނުގެ އަގުވަޒަންކުރުމެވެ.

ޓްރިޕްއެޑްވައިޒަރގެ މިއަހަރުގެ ދުނިޔޭގެ ރޭންކިންގ ލިސްޓުން ރާއްޖެ، ޖާގަ ހޯދާފައި ވަނީ ދެކުނު ކޮރެއާގެ ސޯލް، ހަންގޭރީގެ ބުޑަޕެސްޓް، އަދި ޔޫއޭއީގެ ވެރިރަށް އަބޫދާބީ ފަދަ ފަތުރުވެރިކަމުގެ ގޮތުން ނަން މަޝްހޫރު ބޮޑެތި މަންޒިލްތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މަންޒިލްތަކުގެ ޖުމްލަ ރޭންކިންގގެ އިތުރުން، ދުނިޔޭގެ "ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" ކެޓަގަރީގެ ތިންވަނަ މަގާމުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ފަތުރުވެރިންގެ ފަރާތުން ލިބިފައިވާ އިތުބާރު ހުރި ހިޔާލުތަކަށް ބިނާކޮށް ލިބުނު މި ފާހަގަކޮށްލެވޭ ކުރިއެރުމުން، ލަގްޒަރީ އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރާއި މަގުބޫލުކަން ހާމަވާކަމަށް ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެއެވެ.

ޓްރިޕްއެޑްވައިޒަރގެ "ޓްރެވަލާސް ޗޮއިސް ބެސްޓް އޮފް ދަ ބެސްޓް" އެވޯޑް ދިވެހިރާއްޖެއަށް ލިބުނުއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން ފާހަގަކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން، 2025 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ޝަރަފު ޖެހިޖެހިގެން ހަވަނަ އަހަރު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ކާމިޔާބީއެކެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ނަމޫނާ ގައުމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިތުރުން، "ކޮންޑޭ ނާސްޓް ޓްރެވަލާ" އިން ދޭ އެކި އެވޯޑްތަކާއި، ޝަރަފުވެރި "މިޝެލިން ކީ"ގެ ލަގަބުތައްވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަކުން ވަނީ ހޯދާފައެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަށް އިތުރުވުމުގެ އިތުރުން ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލުކަމާއި އިތުބާރު ދެމެހެއްޓުމަށް މުހިންމު ކާމިޔާބީތަކެއްކަން ވީއެމްސީން ފާހަގަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރިޕްއެޑްވައިޒަރގެ "ބެސްޓް އޮފް ދަ ބެސްޓް" ލިސްޓުގައި ރާއްޖެޚަބަރު | ގަޑިއިރެއް ކުރިންއަހަރުގެ ފުރަތަމަ 14 ދުވަހު ލައްކައެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!ޚަބަރު | 5 ދުވަސް ކުރިންފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހިތާދޫ ގެސްޓްހައުސްތަކަށް މައުލޫމާތު ދީފިޚަބަރު | 6 ދުވަސް ކުރިންރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ގިނަ ހަރަކާތްތަކެއްޚަބަރު | 6 ދުވަސް ކުރިން