logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ގިނަ ހަރަކާތްތަކެއް

އިސްމާޢިލް ރާތިޢު
15 ޖެނުއަރީ 2026 - 05:30
ފޮޓޯ: ވީއެމްސީ
ފޮޓޯ: ވީއެމްސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ބުނެފިއެވެ.

މިއަހަރު ދުނިޔޭގެ ފެންވަރުގައި ބާއްވާ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބައިވެރިވާނީ މިމަހުގެ 21 އިން 25އަށް ސްޕެއިންގެ މެޑްރިޑްގައި ބާއްވާ "ފިތޫރު 2026"ފެއަރގައެވެ. އަދި މިމަހުގެ 24 އިން 26ށް އެމެރިކާގެ ނިއު ޔޯކުގައި ބާއްވާ "ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ"ގައި ބައިވެރިވުމަށްވެސް ވީއެމްސީން އަންނަނީ ތައްޔާރުވަމުންނެވެ. މި ދެ ހަރަކާތުގެ އެހީގައި ވިލާތާއި އުތުރު އެމެރިކާގެ ބާޒާރުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ވީއެމްސީން ބުނެފައި ވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ނިއުދިއްލީގައި ފެބްރުވަރީ މަހު ބާއްވާ "ސާޓޭ 2026" ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ 25 އިން 27 އަށެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލާނީ މާޗު 3 އިން 5 އަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބާއްވާ، ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ "އައިޓީބީ ބަރލިން 2026" ގައި ބައިވެރިވެގެންނެވެ. މިއީ ޓުއަރ އޮޕަރޭޓަރުންނާއި، އެއަރލައިންތަކާއި، މީޑިއާ އަދި ވިޔަފާރީގެ ބައިވެރިންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ. މީގެ އިތުރުން، މާޗު 11 އިން 13އަށް ރަޝިއާގެ މޮސްކޯގައި ބާއްވާ "މިޓް މޮސްކޯ"ގައި ބައިވެރިވެ، ރަޝިއާ އަދި ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއެސްއައި) ރީޖަންގެ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ވީއެމްސީން ވަނީ ރާވާފައެވެ.

މެދުއިރުމަތީގެ ޤައުމަތަކަށް ޚާއްސަކޮށް އަހަރުގެ ދެވަނަ ކުއާޓަރުގެ ހަރަކާތްތައް ފެށާއިރު، ކުވައިތު، ރިޔާދު، އަދި ޖިއްދާގައި އޭޕްރިލް މަހުގެ 26އިން 30އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް ވީކް އިން އެރޭބިއާ" ރޯޑް ޝޯއާއެކުއެވެ. ކުރިއަރަމުން އަންނަ މި ބާޒާރަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތާއެކު، ގަލްފް ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން ގެނެއުމަށް ސިނާއަތުގައި ހަރަކާތްތެރިވާ އެޖެންޓުންނާއި، އޮޕަރޭޓަރުންގެ އިތުރުން މީޑިއާތަކާއެކު ގުޅުންތައް ވަރުގަދަކުރެވޭނެއެވެ.

ދެވަނަ ކުއާޓަރުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތަކީ، މެއި މަހުގެ 4 އިން 7 އަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް 2026)އެވެ. 2025ވަނަ އަހަރުގެ އޭޓީއެމުން ލިބުނު ކާމިޔާބީއާއި އުފެދުނު ވިޔަފާރީގެ ގުޅުންތަކާއެކު، މިއީ ވިޒިޓް މޯލްޑިވްސް އިން މިއަހަރު ބައިވެރިވާ އެންމެ ކާމިޔާބު ޓްރޭޑް ޝޯކަމަށް އެކުންފުނިން ބުނެއެވެ. މި މައުރަޒުގައި ބައިވެރިވެ، މެދުއިރުމަތީ ގައުމުތައް ހިމެނޭހެން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކުރުމަށާއި ގުޅުންތައް ގާއިމުކުރުމުގެ އިތުރުން ވިޔަފާރީގެ އައު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވީއެމްސީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި، ފުޅާ ދާއިރާއެއްގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ވިޔަފާރިވެރިންގެ އިތުބާރު ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް "ވިޒިޓް މޯލްޑިވްސް"އިން ބުނެފައިވެއެވެ. އަދި މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާއިރު، ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ދިގު މުއްދަތުގެ ފައިދާއާއި ނަތީޖާ ހޯދައިދިނުމަކީ މުހިންމު އަމާޒެއް ކަމަށް ވީއެމްސީން ބުނެއެވެ.

މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ މަޤުސަދަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފުޅާ ބާޒާރުތައް ދެމެހެއްޓުން ކަމަށް ވީއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ގިނަ ހަރަކާތްތަކެއްޚަބަރު | 2 ގަޑިއިރު ކުރިންމިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ރާއްޖެއަތުވެއްޖެވިޔަފާރި | 2 ދުވަސް ކުރިން2025: އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް މުޅިން އަލަށް 4،227 އެނދުޚަބަރު | 12 ދުވަސް ކުރިންމި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާވިޔަފާރި | 14 ދުވަސް ކުރިން