logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާ

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޮކްޓޯބަރު 2025 - 08:12
ކެތުރީނާ
ކެތުރީނާ

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސާފައި ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އެ މަގާމަށް ހަމަޖެއްސުމުން އުފާވާކަމަށާއި، ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް އޭނާ ބުނެފިއެވެ.

ވިޒިޓް މޯލްޑިވްސްއިން އިންސްޓަގްރާމްގައި ޕޯސްޓުކުރި ރީލްއެއްގައި ކެޓްރީނާ ބުނީ، ރާއްޖޭގެ ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ތަފާތު ދިރުންތަކުން މުއްސަނދި ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަން ކަމަށެވެ. މި ރީލް އޭނާގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައިވެސް ޙިއްސާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި ސުވަރުގެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،" ކެޓްރީނާ ބުނެފަވެއެވެ.

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކެޓްރީނާ ހަމަޖައްސައި، އެކަން އިއުލާންކުރީ މިދިޔަ ޖޫން މަހުއެވެ. މި ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި، ޚާއްޞަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުންކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

 

Instagram

Instagram

 

ފާހަގަކޮށްލެވޭ ގޮތުގައި، ވިޒިޓް މޯލްޑިވްސްގެ އަނެއް ގްލޯބަލް އެމްބެސެޑަރު، ނެޓްފްލިކްސްގެ "ވަން ޕީސް" ލައިވް-އެކްޝަން ސީރީޒްގައި ސަންޖީގެ ރޯލު އަދާކުރާ އިނގިރޭސި އެކްޓަރު ޓެޒް ސްކައިލާ ވެސް މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް ޒިޔާރަތްކުރައްވައި، ރާއްޖެ އިޝްތިހާރުކުރެއްވުމަށް އެކި ސަރަޙައްދުތަކަށް ދަތުރުކުރެއްވިއެވެ.

ކެޓްރީނާ ކައިފް އަކީ އިންޑިއާގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ބަތަލާ އެވެ. ހޮންކޮންގަށް އުފަން މި ބަތަލާ ފުރާވަރުގެ އުމުރުގައި މޮޑެލިންގެ މަސައްކަތް ފެށިއިރު، ފިލްމީ ދާއިރާއަށް ތައާރަފްވީ 2003 ވަނަ އަހަރު އެވެ.

ކެތްރީނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައެވެ. އޭގެ ތެރޭގައި ''މައިން ޕިޔާރް ކިޔުން ކިޔާ (2005)'' އަދި ''ނަމާސްޓޭ ލަންޑަން (2007)'' ހިމެނެ އެވެ. އޭނާގެ ކެރިއަރުގައި ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމުތަކެއް ކަމަށްވާ އެކް ތާ ޓައިގާ (2012)، ދޫމް 3 (2013)، އަދި ޓައިގާ ޒިންދާ ހޭ (2017) ހިމެނެ އެވެ. އެކްޝަން ފިލްމުތަކުގައި ކުޅެފައިވާ ރޯލުތަކާއި ނެށުމުގެ ގާބިލްކަން ފާހަގަކޮށްލެވެއެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ އެކްޓަރު ވިކީ ކައުޝަލް އާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާއަހަރު ފާހަގަ ކުރަން ޑްރޯން ޝޯއެއް ބާއްވަނީވިޔަފާރި | 9 ގަޑިއިރު ކުރިންޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެޚަބަރު | 14 ގަޑިއިރު ކުރިންރާއްޖެ އިޝްތިހާރު ކުރުމަށް ވިލާތުގެ ޤައުމުތަކުގައި ޚާއްޞަ ރޯޑް ޝޯވއެއް ފަށައިފިވިޔަފާރި | 19 ދުވަސް ކުރިންވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | މަހެއް ކުރިން