logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަން ސިންދަފާތުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސްކުރުން މުހިންމު

އައިޝަތު އިނާޝާ
13 އޭޕްރީލު 2026 - 04:27
ފަތުރުވެރިކަން ސިންދަފާތުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސްކުރުން މުހިންމު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މިހާރުން މިހާރަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް އަވަސްކުރުމަށާއި، ފަތުރުވެރިކަމުގެ އުފެއްދުންތައް ސިންދަފާތުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) ގެ ޗެއާޕާސަން ޢަބްދުﷲ ގިޔާސް ގޮވާލައްވައިފިއެވެ.

އޭނާ މިކަމަށް ގޮވާލެއްވީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި "ނެވިގޭޓް: ދަ ކޮންފްލިކްޓް ޕްލޭބުކް ފޯ ޓްރެވަލް – އެޑަޕްޓް، ޕިވަޓް، ލީޑް" ވެބިނާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ގިޔާސް ވިދާޅުވީ، މިއީ ހަމައެކަނި ސަރަހައްދީ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ނިޒާމަށް އަންނަ ބޮޑު ބަދަލެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެއަކީ މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަރުކަޒުތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާތީ، މި ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށާއި ލިބޭ އާމްދަނީއަށް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދަނީ އެއާލައިންތަކާއި މި ދާއިރާގެ ބައިވެރިންނާ ގުޅިގެން ދަތުރުފަތުރުގެ ގުޅުންތައް ދެމެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން. މިއީ ވަރަށް ކުރިއްސުރެ ގެންނަން ޖެހިފައިވާ އިސްލާހުތައް އަވަސްކުރަންވީ ވަގުތު: ޢަބްދުﷲ ގިޔާސް

މި ބައްދަލުވުމުގައި ޓޫރިޒަމް އިކޮނޮމިކްސްގެ އޭޕީއޭސީ ހެޑް، މައިކަލް ޝޫރީ ވަނީ ބާޒާރުގެ ދިރާސާއެއް ހުށަހަޅާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2026 ވަނަ އަހަރު އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އީރާނުގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިގު ދަތުރުތަކަށް ބަރޯސާވާ ގައުމުތަކަށް ނުރައްކާ އެބައޮތެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދުވާލަކު 600 މިލިއަން ޑޮލަރުގެ ގެއްލުންވަމުންދާ ކަމަށް ޑަބްލިއު.ޓީ.ޓީ.ސީ އިން އަންދާޒާކުރާއިރު، ވީ.އެމް.ސީ އިން ދަނީ ރާއްޖޭގެ އިޤްތިޞާދު ހިމާޔަތްކުރުމަށް ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ.

ކުރިއަށް އޮތް ތަނުގައިވެސް ޕާޓާ ޓްރެވަލް މާޓް، އައި.ޓީ.ބީ އޭޝިއާ އަދި ސިންގަޕޯ އެއާލައިންސްއާ ގުޅިގެން ހިންގާ މާކެޓިން ކެމްޕޭންތަކުގެ ޒަރީޢާއިން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަން ސިންދަފާތުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސްކުރުން މުހިންމުޚަބަރު | 2 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 19 ދުވަސް ކުރިންވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފިވިޔަފާރި | މަހެއް ކުރިންޓްރިޕްއެޑްވައިޒަރގެ "ބެސްޓް އޮފް ދަ ބެސްޓް" ލިސްޓުގައި ރާއްޖެޚަބަރު | 3 މަސް ކުރިން