logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ވިލާތުގައި ރޯޑް ޝޯތަކެއް

އައިޝަތު އިނާޝާ
11 މޭ 2026 - 14:01
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ވިލާތުގައި ރޯޑް ޝޯތަކެއް

މޯލްޑިވްސް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް "އައި އެމް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގުވާމީ ރޯޑްޝޯތަކެއް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވީއެމްސީން ބުނިގޮތުގައި މި ރޯޑްޝޯތަކުގެ މައިގަނޑު މަގްސަދަކީ ރަޝިއާ، ސީ.އައި.އެސް ގައުމުތަކާއި، މެދުތެރޭ އަދި އިރުމަތީ ޔޫރަޕްގެ މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އެ ސަރަހައްދުތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރޯޑްޝޯތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ކަމަށްވާ "އައި އެމް މޯލްޑިވްސް – ރަޝިޔާ އެންޑް ސީ.އައި.އެސް" ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 14 އިން 18 އަށެވެ.

ދެވަނަ ފިޔަވަހި ކަމަށްވާ "އައި އެމް މޯލްޑިވްސް – ސެންޓްރަލް އެންޑް އީސްޓަން ޔޫރަޕް" ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 9 އިން 13 އަށް ބަލްގޭރިއާ، ހަންގޭރީ އަދި ސުލޮވީނިއާގައެވެ.

މި އެއްބަސްވުމުގެ ދަށުން އެންއެޗްޖީއޭއެމްއިން ރޯޑްޝޯތަކުގެ ހުރިހާ އިންތިޒާމުތަކެއް ރާވައި، އޮޕަރޭޝަނަލް ކަންކަމާއި ލޮޖިސްޓިކްސް ބަލަހައްޓާނެއެވެ. ވިޒިޓް މޯލްޑިވްސް އިން މި ހަރަކާތްތަކަށް ރަސްމީ އެންޑޯސްމަންޓް ދިނުމުގެ އިތުރުން، ޕްރޮމޯޝަނަލް ކަންކަމާއި ރާއްޖޭގެ ބްރޭންޑިންގް ވަރުގަދަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވީއެމްސީން ބުނިގޮތުގައި މި ރޯޑްޝޯތަކުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގެ އިތުރުން، ގެސްޓްހައުސްތަކާއި، ޑައިވިންގް އަދި އާއިލީ ޗުއްޓީގެ ފުރުސަތުތައް ބޭރުގެ ޓްރެވަލް އެޖެންޓުންނަށް ތައާރަފުކުރެވޭނެއެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވީއެމްސީން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ވިލާތުގައި ރޯޑް ޝޯތަކެއްޚަބަރު | ގަޑިއިރެއް ކުރިންރާއްޖެ އިސްތިހާރުކުރަން މެލޭޝިޔާގައި ރޯޑް ޝޯވއެއް ބާއްވައިފިޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިކަން ސިންދަފާތުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސްކުރުން މުހިންމުޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން