logo
MPL

MPL

ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ 'ޓީޓީއެމް' ގެ 10 ވަނަ އެޑިޝަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޯގަސްޓު 2026 - 13:16
ޓީޓީއެމްގެ 10 ވަނަ އެޑިޝަންގެ ތެރެއިން، ފޮޓޯ: ވީއެމްސީ
ޓީޓީއެމްގެ 10 ވަނަ އެޑިޝަންގެ ތެރެއިން، ފޮޓޯ: ވީއެމްސީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މާލޭގެ ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ފެއާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ފެއާގައި ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓަކުން ބައިވެރިވެފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ދަނީ ބައިވެރިވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި، އަދި ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ވިޒިޓް މޯލްޑިވްސް (ވީއެމްސީ) އިން ބައިވެރިވެއެވެ. މި ހަރަކާތުގެ ތެރެއިން ޚާއްޞަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، ޑީއެމްސީތައް، އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީއެމްސީން ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި މަންސައެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ޤާއިމުކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް އުފެއްދުމުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ފަހިވެގެންދާ މުހިންމު ފުރުޞަތެެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަޤްވާމީ ބާޒާރުތަކާ ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެކެވެ. މި ފެއާ ނިންމާލުމުގެ ގޮތުން ބާއްވާ 'ޓީޓީއެމް އެވޯޑްސް އެންޑް ގާލާ' ބޭއްވުމަށް ހަމަޖެހިފައިވަނީ މި ބުރާސްފަތި ދުވަހުގެ ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. މި ޙަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޓްރެވަލް އެވޯޑްސް ކާމިޔާބު ކުރުމަށް ފަތުރުވެރިނާއި އާންމުންގެ އެއްބާރުލުމަށް އެދެފިޚަބަރު | 2 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 20 ދުވަސް ކުރިންމާސްޓަރޝެފް ސްރީލަންކާގެ އެޕިސޯޑެއްގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ އެޕިސޯޑެއްޚަބަރު | 21 ދުވަސް ކުރިންބައިނަލްއަގުވާމީ އެވޯޑްތައް ލިބުމުން އެނގެނީ ފަތުރުވެރިންގެ އިތުބާރު ރާއްޖެއަށް އޮތް މިންވަރު: އަސްރާޚަބަރު | 23 ދުވަސް ކުރިން