logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް: ވަޒީރު ޝިޔާމް

އާމިނަތު ޝަފާ
30 ޖުލައި 2025 - 07:43
ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖުކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ލަންކާއަކީ މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި، ޚާއްޞަކޮށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގައި ރާއްޖޭގެ ގާތް އަދި ދިގު މުއްދަތެއް ވަންދެން އެކުގައި މަސައްކަތްކޮށް އިތުބާރުހިފޭ ބައިވެރިއެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްރީލަންކާއާއި ރާއްޖެއާ ދެ ގައުމު ގުޅިގެން މިސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކޮށް، އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ މަަޞްލަޙަތުތަކަށް ވަކާލާތުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ މެދުގައި ސަރަޙައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައިވެސް ވަރުގަދަ ގުޅުމެއް އޮންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މެރިކަލްޗަރ ދާއިރާއާއި، އަދި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ތަރައްޤީ ފަދަ އައު ދާއިރާތަކުގައި ގުޅިގެން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި އަދި ރައްކާތެރި އިންޑިއާ ކަނޑުގެ ކުރިއެރުވުމަށްޓަކައި ސްރީ ލަންކާއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެނެރޭޝަނަލް ބޭންއާ ގުޅިގެން ވަޒީރު ޝިޔާމްގެ ތަޢުރީފު، ރައީސްއަށްޚަބަރު | 3 ދުވަސް ކުރިން ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރެވުނު އައިސްޕްލާންޓްތައް ހުޅުވައިފިޚަބަރު | 5 ދުވަސް ކުރިން އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ލިބޭނެ ޚަބަރު | މަހެއް ކުރިންރައީސް މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމާމެދު ޝައްކެއް ނެތް: ވަޒީރު ޝިޔާމްޚަބަރު | މަހެއް ކުރިން