logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެނެރޭޝަނަލް ބޭންއާ ގުޅިގެން ވަޒީރު ޝިޔާމްގެ ތަޢުރީފު، ރައީސްއަށް

އިސްމާޢިލް ރާތިޢު
1 ނޮވެމްބަރު 2025 - 05:54
ފިޝަރީޒް މިނިސްޓަރ ޝިޔާމް
ފިޝަރީޒް މިނިސްޓަރ ޝިޔާމް

2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ، އަދި ކުރިއަށް އޮތް ތަނުގައި އުފަންވާނެ ކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމާއި އެކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާވާ "ޖެނެރޭޝަނަލް ޓޮބޭކޯ ބޭން" އަށް މިއަދު ޢަމަލުކުރަން ފެށުމާގުޅިގެން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތަރުރީފުކުރައްވައިފިއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޤައުމެއްގެ ޙަޔާތުގައި މިފަދަ ކަންކަން ކުރެވެނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށްކަމަށާއި މިފަދަ ކަންކަމަކީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި ކަމެއް ނަމަވެސް މިއީ ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިއްމު ކަންކަން ކަމަށެވެ. ވަޒީރު ވިދާޅުވީ މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާ ޒާތުގެ ފިއްތުންތަކާއި އެކިކަހަލަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަބަދުވެސް ތިބޭނެކަމަށާއި ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަ ވެެރިން ފެއިލްވަނީ މިފަދަ އެކިކަހަލަ ނުފޫޒުގައި ޖެހި ދީއްލާލެވިގެންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މިއަދު އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވީ އެމަނިކުފާނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކިތަންމެ އުނދަގޫ ނިންމެވުމެއް ވިޔަސް ނިންމަވާ ތަންފީޒު ކުރައްވާނެ ވެރިއެއްކަން ކަމަށް ވިދާޅުވެ، ވަޒީރުގެ ޕޯސްޓުގައި ވަނީ ރައީސަށް މަރުޙަބާ ވިދާޅުވެ ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރައްވާފައެވެ.

ވަކި ޢުމުރަކަށްވުރެ ހަގު ކުދިންނަށް ދުންފަތުގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިޞްލާޙު ގެނެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިޞްލާޙު ތަޞްދީޤުކުރެއްވީ މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.

މި އިޞްލާޙުގެ ދަށުން، ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަ ކޮންމެ މީހަކީ އެ އުމުރުފުރާގެ މީހެއް ނޫންކަން ކަށަވަރުކުރުމަށްޓަކައި އެމީހުންގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ އެނޫންވެސް ރަސްމީ ލިޔުމެއް ދައްކަން އަންގަން ޖެހޭނެ ކަމަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކުގެ ގޮތުގައި ހިމަނާފައިވެ އެވެ.

މި "ޖެނެރޭޝަނަލް ބޭން" އަކީ، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު ވީހާވެސް މަދުކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެކެވެ. އަދި އަންނަން އޮތް ޖީލުތައް މިވަބާއިން ސަލާމަތްކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމު: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 14 ގަޑިއިރު ކުރިންމިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 15 ގަޑިއިރު ކުރިން