logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ލިބޭނެ

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2025 - 06:35
 އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ލިބޭނެ

އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު އައިސް ލިބުމުގައި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑު، އެލްއެލްއެފު ގުޅިގެން ބާސެލޯގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރެވިގެންދިއުމަކީ މަސްވެރި ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށާ މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޒާމާނުއްސުރެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަސޭހައިން އައިސް ލިބުމުގެ ދަތިކަންކަމަށެވެ. އަދި އެކަމުގެ ސަބަބަުން އައިސް ހޯދަން މަސްވެރިން ދުއްވަންޖެހޭ މިންވަރު އިތުރުވެ ބޮޑު ހަރަދެއް އެކަމަށް މަސްވެރިން ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލޮނު ފެނުން މަސް ފިނި ކުރާ ނިޒާމް ދޯނިތަކުގައި ގާއިމް ކުރުމުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރާ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން އައިސް ހޯދަން މަސްވެރިން އުފުލަމުންދިޔަ ތަކުލީފުތައް ނިމުމަކަށް އަންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާރްއެސްޑަބްލިއު މަޝްރޫޢުގެ މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުން ކަމަށެވެ. މިނިޒާމުގެ ސަބަބުން،ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑަކީ 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ތަރައްޤީގެ ފަންޑެކެވެ. މި ފަންޑުގައި ހިމެނެނީ އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)، ގޭޓްސް ފައުންޑޭޝަން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)، އިސްލާމިކް ސޮލިޑަރިޓީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އައިއެސްއެފްޑީ)، ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ (ކޭއެސްރިލީފް)، އަދި ޤަޠަރު ފަންޑު ފޮރ ޑިވެލޮޕްމަންޓް (ކިއުއެފްއެފްޑީ) އެވެ. މި ފަންޑުން ޖަމާޢީ ހަރަކާތްތެރިކަމާއި ލުއި ޝަރުތުތަކުގެ ފައިނޭންސިންގ ބޭނުންކޮށްގެން އައިއެސްޑީބީގެ މެމްބަރު ޤައުމުތަކަށް ފަސޭހައިން ލިބޭ، ދެމެހެއްޓެނިވި ފަންޑިންގ ފޯރުކޮށްދެއެވެ. މިގޮތުން އެ ޤައުމުތަކުގެ އާބާދީއަށް ކުރިއެރުމުގެ އަސާސީ ބިންގާތައް ކަމުގައިވާ ޕްރައިމަރީ ހެލްތުކެއަރ، އުފެއްދުންތެރި ދަނޑުވެރިކަން، އަދި އިޖްތިމާޢީ އިންފްރާސްޓްރަކްޗަރ ލިބިދިނުން ކަށަވަރުކުރެއެވެ.

ދިވެހި ސަރުކާރާއި އެލްއެލްއެފް ބައިވެރިންގެ ފަންޑިންގ އާއެކު، 13.61 މިލިއަން ޔޫއެސް ޑޮލަރުގެ މި މަޝްރޫޢުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ތަޢާރަފުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް އައު ފުރުސަތުތަކެއް ހުޅުވައިދެއެވެ. މި މަޝްރޫޢުގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި ފިނިކުރި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިއު) ސިސްޓަމްތަކާއި ސޯލާ ޕީވީ ހަރުކުރުމަސް ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ޑީސަލް ބޭނުންކުރާ މިންވަރާއި ގްރީންހައުސް ގޭސް އުފެދޭ މިންވަރު މަދުކުރެވި، މަހުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެއެވެ.

އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމުގެ އިތުރުން، މި މަޝްރޫޢުން މުޅި ވެލިއު ޗެއިން ވަރުގަދަވެ ވިޔަފާރީގެ ގުޅުންތައް ވަރުގަދަވެގެންދާނެ އެވެ. އަދި މި ދާއިރާގައި އަންހެނުންނާއި ޒުވާނުންް ބާރުވެރިކުރުވައި، ބައިނަލްއަޤްވާމީ ބާޒާރަށް ރައްޖެއިން ބާނާ މަސް ނެރެވޭ މިންވަރު އިތުރު ވެގެންދާނެއެވެ.

މިހާތަނަށް މި މަޝްރޫޢުއަށް 79 ފައިނޭންސިންގ ހުށަހެޅުން ވަނީ ލިބިފައެވެ.އަދި އޭގެތެރެއިން 41 ވަނީ ފާސްކޮށްފައެވެ. 2026 ވަނަ އަހަރު މި މަޝްރޫޢު ނިމޭއިރު، 200 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ، 1.6 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން ޤާއިމުކޮށް، އަދި 3،000 ޓަނުގެ ފެންވަރު ރަނގަޅު މަސް ރައްކާކުރުމުގެ ޖާގަ އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ. މި ނަތީޖާތަކުގެ ސަބަބުން މަސްވެރިންގެ އާމްދަނީ މަދުވެގެން 10 އިންސައްތަ އިތުރުވެ، އަދި ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު ދިވެހީންނަށް ލިބިގެންދާނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރެވުނު އައިސްޕްލާންޓްތައް ހުޅުވައިފިޚަބަރު | 12 ގަޑިއިރު ކުރިން އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ލިބޭނެ ޚަބަރު | 24 ދުވަސް ކުރިންރައީސް މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމާމެދު ޝައްކެއް ނެތް: ވަޒީރު ޝިޔާމްޚަބަރު | 24 ދުވަސް ކުރިންމަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ: ޝީޔާމްޚަބަރު | މަހެއް ކުރިން