logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނާއަތުގައި ހުރީ ޒަމާންވީ ގޮންޖެހުންތަކެއް؛ ހައްލުކުރުމަށްދާ ވަގުތާއި ހޭދަވެސް ބޮޑު: ޝިޔާމް

އިސްމާޢިލް ރާތިޢު
10 ޑިސެމްބަރު 2025 - 06:07
ސިނާއަތުގައި ހުރީ ޒަމާންވީ ގޮންޖެހުންތަކެއް؛ ހައްލުކުރުމަށްދާ ވަގުތާއި ހޭދަވެސް ބޮޑު: ޝިޔާމް

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަންކަން ހައްލުކުރުމަށް ބޭނުންވާ ވަގުތާއި ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު ކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރ ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ, މަސްވެރިންގެ ދުވަހު މި ބާއްވާ މަސްވެރިންގެ ގުންޒަރަކީ ހުރިހާ މަސްވެރިން އެތަންވެ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާމެދު މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާ އެކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމުގެ ޔަގީންކަން، ވަޒީރު ދެއްވިއެވެ.

ރާއްޖޭގައިވެސް މި ސިނާއަތް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދެވޭ ކަހަލަ ގޮތަކަށްކަމަށާ މިގޮތަށް ކުރިއަށްގެންދިއުމުގަ ގޮންޖެހުންތަކެއް ސަރުކަރަށްވެސް ހުންނަ ކަމަށަ ވަޒީރު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މަހުގެ އަގު ސަރުކާރުން ކަނޑައަޅާ އޭގެ ސަބަބުން ބޭރުގެ މާކެޓުތަކުގައި އުނދަގޫވާ ހާލަތްތަކުގައި، ސަރުކަރުގެ ކޭޝް ފްލޯއަށްވެސް ދަތިވާ ފަހަރު އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ހުރި ގޮންޖެހުންތަކާ އެކުވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭ ރައީސް މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ތަކުރާރުކޮށް ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް އަޑުއެހި އެންމެ ފުރިހަމަ ބަޔާން: ވަޒީރު ޝިޔާމްޚަބަރު | 18 ދުވަސް ކުރިން2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކުރިއަށްދަނީޚަބަރު | މަހެއް ކުރިން 19 މަސް ދޯންޏަކަށް، 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފިވިޔަފާރި | މަހެއް ކުރިން