logo
Bank of Maldives

Bank of Maldives

ޚަބަރު

19 މަސް ދޯންޏަކަށް، 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

އައިޝަތު ނަޝާ
25 ޖެނުއަރީ 2026 - 06:11
 19 މަސް ދޯންޏަކަށް، 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްދޯނިފަހަރުން 21 ޖަނަވަރީ 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނެއެވެ. މިފައިސާ ޖަމާކޮށްފައިވަނީ 23 ޖަނަވަރީ 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 19 ދޯންޏަކުން ކިރުވި މަހަށް 1،172،640 ރުފިޔާ ވަނީ ދޫކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 10 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 781،784.00 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 3 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 343،546.00 ރުފިޔާ އާއި، 6 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 47،310.00 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ!ޚަބަރު | 18 ދުވަސް ކުރިންމިފްކޯގެ ސީއީއޯ ފަރުހަތު މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިންމިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފިވިޔަފާރި | މަހެއް ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިން