logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް ލުއި އަގުގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 15:11
ޝިޔާމް، ފޮޓޯ: ރައީސް އޮފީސް
ޝިޔާމް، ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިހާތަނަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ފޯރުކޮށްދެމުންދާ މި ޚިދުމަތަކީ މަސްވެރިންގެ ވަރަށް ބޮޑު އެދުމަކަށް ވެފައިވާތީ، އެސްޓީއޯ އަދި އެފްއެސްއެމް މެދުވެރިކޮށް ދެމުންގެންދާ ޚާއްޞަ ލުއިތަކެއް ކަމަށެވެ. މިއީ މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މިހާރު މި ޚިދުމަތް ވަނީ ފުޅާކުރެވިފައެވެ. މަސްވެރިންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށާއި، މީގެ ސަބަބުން މަސްވެރި އާއިލާތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 1832 އުޅަނދަކަށް މި ލުއި އަގުގައި ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި:

85 ފޫޓަށްވުރެ ބޮޑެތި ދޯނިތަކަށް 5000 ލީޓަރު

50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު

50 ފޫޓަށްވުރެ ކުދި އުޅަނދުތަކަށް 1500 ލީޓަރު

މި މިންވަރަށް ތެޔޮ މިފްކޯ މެދުވެރިކޮށް މިހާރު ދޫކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، މަސްވެރިކަމުގެ ސިނާއަތަކީ ފައިދާހުރި ދާއިރާއަކަށް ހެދުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ލުއި އަގުގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފިޚަބަރު | ގަޑިއިރެއް ކުރިންރައީސް މުޢިއްޒަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ އިޚްލާސްތެރި ވެރިއެއް: ޝިޔާމްޚަބަރު | 8 ދުވަސް ކުރިންހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރައްވައިފިޚަބަރު | 10 ދުވަސް ކުރިންމިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 14 ދުވަސް ކުރިން