2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކުރިއަށްދަނީ
25 ޖެނުއަރީ 2026 - 11:09

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ދަނީ ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށް އެބަދެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކުރެވިފައެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ. ޖެނުއަރީ 24 އިން ފެބްރުއަރީ 05 އަށް ކުރިއަށްދާ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ދަނީ ތަމްރީންވަމުންނެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ވަނީ ބޭސިކް މެރިކަލްޗަރ ކޯހުގައި ތަމްރީނުކުރެވިފައެވެ.
ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވިފައި ވާނެއެވެ. މީގެ އިތުރުން މިހާރު ވަނީ ސީވީޑް ކަލްޗަރ ކުރުމަށް ބޭނުންވާ ތިއަރީ ކިޔަވައިދޭން ފެށިފައެވެ.
މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން މި ވަގުތު ކުރިއަށްދާ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ނިންމުމުގެ ރަސްމިޔާތު 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.
ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯހުގެ ޚުލާސާ:
މުއްދަތު: 2 ހަފްތާ
ކޯސް ކުރިއަށްގެންދެވޭ ތަން: ކ. މަނިޔަފުށި، މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޓްރެއިނިންގ ފެސިލިޓީ
ކޯހުގެ މައިގަނޑު ބައިތައް
- އެކުއަކަލްޗަރ ނިޒާމުތައް.
- ދިރޭ ކާނާ އާލާކުރުން.
- ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން.
- ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން.
- ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން.
- އިތާމުތް އާލާކުރުން.
- މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން.
- އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކައުތެރިކުރުން.
- ދިރުން އާލާކުރުމުގައި ތިމާވެށި ރައްކައުތެރިކުރުން.
ކޯހުގެ ބައިވެރިންނަށް އެނގޭނެ ކަންތައްތައް
- އެކުއަކަލްޗަކުރުމަކީ ކޮބައިކަމާއި އެކުއަކަލްޗަރ ކުރުމަށް ބޭނުންކުރާ ނިޒާމުތައް ދަސްވުން.
- އެކުއަކަލްޗަރ ކުރުމަށް ބޭނުންވާ ދިރޭކާނާ އާލާކޮށް ގެންގުޅޭނެ ގޮތްތައް ދަސްވުން.
- ފާނަ، ހުއިފިލަނޑާ، މާގަނޑުމަސް އަދި އިތާމުތް އާލާކުރުމުގެ މަސައްކަތްތައް ދަސްވުން.
- އާލާކުރާ ދިރުމަށް ޖެހޭ އާންމު ބަލިތައް އެނގުމާއި، ބަލިން ތައްކައުތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންގުޅެންޖެހޭ ރަނގަޅު އާދަތައް ދަސްވުމާއި ބައްޔަށް ފަރުވާދޭން އެނގުން.
- އެކުއަކަލްޗަރ ކުރާއިރު ތިމާވެށި ރައްކައުތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެނގުން.


