logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފި

މުޙައްމަދު އަފްރާޙް
10 ޖެނުއަރީ 2026 - 06:03
މިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފި

މި ފެށުނު 2026 ވަނަ އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި ދިވެހި މަސްވެރިންނަށް 10.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 64 އިންސައްތަ ދަށް އަދަދެކެވެ. އަދި މިހެން ދިމާވެފައިމިވަނީ މިދުވަސްވަރު ވައި ނުސާފުވުމުގެ ސަބަބުން މަސްވެރިން މަހަށް ނުކުންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަމަށް މިފްކޯއިން ހާމަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ، މިދިޔަ ހޯމަ ދުވަހުއެވެ. އެދުވަހު މަސްވެރިންނަށް 2.2 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު 1،659،378 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާއިރު، 3 ވަނަ ދުވަހު 1،508،161 ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި 5 ވަނަ 2،179،020 ރުފިޔާ، 6 ވަނަ ދުވަހު 1،473،841 ރުފިޔާ، 7 ވަނަ ދުވަހު 1،389،941 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން ޖަނަވަރީ 8 ގައި 917،492 ރުފިޔާ، 9 ގައި 1،267،359 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސް ހިސާބުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން އަންނައިރު، މިފްކޯއިން ބުނެފައިވަނީ ރައީސްގެ މި ނިންމެވުމުގެ ސަބަބުން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވެސް ދަނީ އިތުރުވަމުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވައިތާއެކުއޮތް ގުޅުމަކީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމްޚަބަރު | 5 ގަޑިއިރު ކުރިންރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 11 ގަޑިއިރު ކުރިންރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފިޚަބަރު | ދުވަހެއް ކުރިންމި ސަރުކާރު ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކަށް ޔޫއޭއީ ސަފީރުގެ ތަޢުރީފުޚަބަރު | ދުވަހެއް ކުރިން