logo
MPL

MPL

ޚަބަރު

ރައީސްގެ ލަންކާ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން 7 އެމްއޯޔޫއެއްގައި ސޮއިކުރައްވާނެ

މަރިޔަމް މާޙީ
30 އޭޕްރީލު 2026 - 10:36
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް--- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު 7 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން (އެމްއޯޔޫ) އެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފު، "ޕްރެސަރ ވިތު ދަ ސްޕޮކްސް"ގެ ނަމުގައި ސިލްސިލާކޮށް ފެއްޓެވި ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަރުޖަމާން ވިދާޅުވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ އަންނަ މަހުގެ 3 އިން 6 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުން އޮންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 3 ގަޑިއިރު ކުރިންވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދުޚަބަރު | 10 ގަޑިއިރު ކުރިންތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވަވައިފިޚަބަރު | 16 ގަޑިއިރު ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން