logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ހޯމް މިނިސްޓަރަށް ތާއީދު ކުރެއްވުމުން ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ: ޝުޖާއު

މަރިޔަމް މާޙީ
30 އޭޕްރީލު 2026 - 12:44
ހޯމް މިނިސްޓަރަށް ތާއީދު ކުރެއްވުމުން ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ: ޝުޖާއު

ހޯމް މިނިސްޓަރު އަލީ އިހުސާނަށް މަޖިލީހުން ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމާ ގުޅިގެންނެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، މި ވޯޓުން ދޭހަވަނީ ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ހަރުދަނާ މަސައްކަތްޕުޅުތައް އިދިކޮޅު ފަރާތްތަކުން ވެސް ބަލައިގަންނަ ކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިފަދަ ހެޔޮވިސްނުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް. ސިޔާސީ މަސައްކަތުގައި މި ކޮލިޓީ ހުންނަންވާނެ،" : ޝުޖާއު

މީގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ޝުޖާއު ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ.

މިނިސްޓަރު އިހުސާނަށް ރުހުން ދިނުމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް، މި ވޯޓަށްފަހު ދެ ބޭފުޅުން ވެސް ވަނީ އެކަމާ މާފަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، "އަޅުގަނޑު ފުރިހަމައަށް ޒިންމާ އުފުލަން އަދި މައާފަށް އެދެން" ކަމަށެވެ. މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، ހޯމް މިނިސްޓަރަށް ވޯޓު ދިނުމުގައި އޭނާއަށް ވަރަށް ބޮޑު ގޯހެއް ހެދިފައިވާ ކަމަށާއި، އެއީ މިނިސްޓަރަށް ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށެވެ.

އިދިކޮޅު މެންބަރުން މިކަމާ މާފަށް އެދިވަޑައިގެންފައިވީ ނަމަވެސް، ސަރުކާރު ހިންގާ ޕާޓީގެ އިސް މެންބަރުން ދެކިލައްވާ ގޮތުގައި މިއީ ގައުމީ މުހިންމު މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އޮތް ބޮޑު ތާއީދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 4 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 8 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން