logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯގެ ސީއީއޯގެ މަޤާމަށް އަނަސް އައްޔަންކުރައްވައިފި

ޒިދާން މުޙައްމަދު
30 އޭޕްރީލު 2026 - 19:40
މިފްކޯގެ ސީއީއޯގެ މަޤާމަށް އަނަސް އައްޔަންކުރައްވައިފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް އައްޔަނުކުރައްވައިފިއެވެ.

މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ އެންމެ އިސް މަޤާމަށް އަނަސް އައްޔަންކުރައްވާފައިވަނީ އެމަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އިސްތުފާދެއްވުމާ ގުޅިގެން މަޤާމު ހުސްވުމުންނެވެ.

މުޙައްމަދު އަނަސްއަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

މީގެ ކުރިން އަނަސް ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަޤާމު ފުރުއްވާފައެވެ. އެ މަޤާމުގައި ހުންނެވިއިރު، ދިވެހިރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓަރކުރުމުގެ އިސް ޒިންމާތައް އަނަސް ވަނީ ނަންގަވާފައެވެ.

މުޙައްމަދު އަނަސް ވަނީ ދިވެހި ސަރުކާރުގެ އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. މިގޮތުން، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނަވައި، އެ މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވައި، ގައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި، ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމާއި، އަދި ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޯޕަރޭޓް އަދި ތައުލީމީ ދާއިރާއަށް ބަލާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަޤާމުގައި ހުންނަވައި، ރިސްކް މެނޭޖްމަންޓާ ގުޅޭ ކަންކަން ބަލަހައްޓަވާފައިވެއެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމައެހެންމެ، ފިނޭންސް މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައި، ސަރުކާރުގެ މަޝްރޫއުތަކުގެ މާލީ ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

ތައުލީމީ ގޮތުން ބަލާއިރު، މުޙައްމަދު އަނަސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝަޔަރއިން އެކައުންޓިންގ ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިންތިޒާމުކުރި، ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި އިގްތިސާދީ ދިރާސާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރަމްތަކުގައި އަނަސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 12 ދުވަސް ކުރިންމިފްކޯއަށް މިއަދު މަސް ގަންނަ އަގު 20ރ. އަށް ބޮޑުކޮށްފިޚަބަރު | 12 ދުވަސް ކުރިންމިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިވިޔަފާރި | މަހެއް ކުރިންމަސްވެރިންނަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިން